އިހަވަންދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ބިނާކުރާ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރިތާ 9 މަސްދުވަސް ވެފައިވާއިރު، އަދިވެސް ކުރިއަށްދަނީ ޑީޓެއިލް ކުރެހުމުގެ މަސައްކަތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ބިނާކުރާ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ޗީފް ފައިނޭންޝަލް އޮފިސަރ އަލްފާޟިލް ޙަސަން ރިފާއީ ބުޝްރީ ސޮއިކުރެއްވިއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުއްލަޠީފް މުޙައްމަދުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާރުޑީސީއާ ހަވާލުކޮފައިވާ އިހަވަންދޫ ސްކޫލްގެ އައުއިމާރާތުގައި 12 ކްލާސްރޫމް ހުންނާނެއެވެ.