ޚަބަރު ކުޅިވަރު

ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެ..

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (ވީއޭމް) އިން ކުރިޔަށްގެންދާ، ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026 ގެ 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ސެމީފައިނަލްގައި އިހަވަންދޫ ސްކޫލް މިރޭ ކުޅޭނެއެވެ. މިރޭ 20:00 ގައި އެކުވެނި ޓާފް ކޯޓްގައި ކުޅޭ މިމެޗް ގައި އިހަވަންދޫ ސްކޫލް ނުކުންނާނީ ސީއެޗްއެސްއީ ހުޅުމާލެ އާއި ދެކޮޅަށެވެ. 

އިހަވަންދޫ ޓީމް މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެޓީމް ގުރޫޕް ސްޓޭޖްގައި ކުޅުނު ފުރަތަމަ މެޗްގައި  3-2 ސެޓް އިން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް  ބަލިކުރިއިރު، ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި މަދަރުސަތުލް އިފްތިތާހާއި ވާދަކޮށް 3 ސެޓްއިން ބަލިވެފައެވެ.

އަޔާން