ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (ވީއޭމް) އިން ކުރިޔަށްގެންދާ، ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕް 2026 ގެ 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ 3 ވަނަ އިހަވަންދޫ ސްކޫލް ހޯދައިފިއެވެ.
އިހަވަންދޫ ސްކޫލް މިމުބާރާތުގެ ތިންވަނަ ހޯދީ، މިމުބާރާތުގެ 3 ވަނަ ހޮވާ މެޗްގައި ކެއޮދޫ ސުކޫލާއި ވާދަކޮށްގެންނެވެ. މިމަހުގެ 12 ވަނަ ދުވަހުގެ ހަވީރު 16:00 ގައި އެކުވެނި ޓާފް ކޯޓްގައި ކުޅުނު މިމެޗުން އިހަވަންދޫ ސްކޫލް މޮޅުވީ 3 ސެޓް 2 ސެޓް އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އިހަވަންދޫ ސްކޫލްގެ ޖާޒީ ނަންބަރު 7 ހުސައިން އަކްމަލް ޝާކިރުއެވެ. މިމުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގެ ޑްރީމް ޓީމްގައިވެސް އަކްމަލް ހިމެނުނެވެ.
މުޗުގެ ފުރަތަމަ ސެޓް 25-19 އިން ކެއޮދޫ ސްކޫލް ގެންދިޔައިރު، ދެވަނަ ސެޓް 25-15 އިން ކާމިޔާބުކުރީ އިހަވަންދޫ ސްކޫލްއެވެ. މެޗްގެ 3 ވަނަ ސެޓް އަނެއްކާވެސް 25-16 އިން ކެޔޮދޫ ސުކޫލް ގެންދިޔައިރު، މެޗްގެ 4 ވަނަ ސެޓް އިހަވަންދޫ ސްކޫލް ކާމިޔާބުކުރީ 25-22 އިންނެވެ. 2 ސެޓް 2 ސެޓް އިން އެއްވަރުވުމުން ކުޅުނު ތިންވަނަ ސެޓް އިހަވަންދޫ ސްކޫލް ކާމިޔާބުކޮށް މުބާރާތުގެ ތިންވަނަ ހޯދީ 19-17 އިން ކެޔޮދޫ ސްކޫލްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ގުޅުންހުރި ބައެއް ލިޔުންތައް:
2024 ވަނަ އަހަރުގެ އިންޓަރސްކޫލް ވޮލީ މުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރައިގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ ސްކޫލްއެވެ.



ކޮމެންޓް
އަދި ކޮމެންޓެއް ނެތް