ޚަބަރު

އިންޓަރސްކޫލް ވޮލީ މުބާރާތް: 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން  ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން އިހަވަންދޫ ސްކޫލް ހޯދައިފިއެވެ. އިހަވަންދޫ ސްކޫލް  19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދީ މިރޭ ސޯޝަލް ސެންޓަރުގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗް 3 ސެޓް 2 ސެޓުން ކާމިޔާބު ކޮށްގެންނެވެ. ފައިނަލްގައި އިހަވަންދޫ ސްކޫލާއި ވާދަކުރީ ސީއެޗް އެސްއީ ހުޅުމާލެ އާއެވެ. މިމުބާރާތުގެ އަތޮޅު ކެޓަގަރީއިންވެސް އިހަވަންދޫ ސްކޫލްގެ  19  އަހަރުން ދަށުގެ ފިރިހެން ޓީމް ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. މިމުބާރާތުގައި އިހަވަންދޫ ސްކޫލްގެ 2 ޓީމެއްވަނީ ބައިވެރިވެފައެވެ. އެއީ 19 އަހަރުން ދަށުގެ އަންހެން ޓީމަކާއި 19 އަހަރުން ދަށުގެ ފިރިހެން ޓީމެކެވެ. އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ އަންހެން ޓީމްވަނީ އެއުމުރުފުރައިގެ 3 ވަނަ ހޯދައިފައެވެ.
މުޙައްމަދު އަކުރަމް