އިހަވަންދޫ ކޯލްޑް ސްޓޯރޭޖް ބަޔަކާ ހަވާލު ކުރެވިއްޖެ - މިނިސްޓަރު ޝިޔާމް
އިހަވަންދޫ ކޯލްޑް ސްޓޯރޭޖް (ފިޝަރީޒް ކޮމްޕްލެކްސް)ގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް ވިދާޅުވުންފިޔަވާ އިތުރު އެއްވެސް ތަފްސީލެއް އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝިޔާމް ނުދެއްވައެވެ. އެކަމާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިނޫހުންވާނީ، ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގައި އެދިފައެވެ. ނަމަވެސް މި ހަބަރު ޕަބްލިޝް ކުރުމާއި ހަމަޔަށްވެސް އިތުރު މައުލޫމާތު ލިބޭގޮތެއް ނުވެއެވެ.