އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބާއްވާ، ފުރަތަމަ އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތް މިރޭ ފަށާނެއެވެ.
6 ޓީމެއް ވާދަކުރާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ ސްކޫޅްއެވެ. އެމެޗް ފަށާނީ މިރޭ 20:15 ގައެވެ. މިމުބާރާތް މިރެއިން ފެށިގެން މިމަހުގެ 30ވާ އާދީއްތަ ދުވަހާއި ހަމަޔަށް ކުރިޔަށް ދާނެއެވެ.
6 ޓީމް ވާދަކުރާ މިމުބާރާތުގައި ވާދަކުރަނީ އިހަވަންދޫ ކައުންސިލް، އިހަވަންދޫ ސްކޫލް، އާމިނާދިޔޯ ސިއްޙީމަރުކަޒު، ފެނަކަ، އާރުޑީސީ (އައި.އާރު.އާރު.ސީ) އަދި 10 އެންޓިޓީއެއްގެ މައްޗަށް އެކުލެވޭ ކޮމްބިނޭޝަން ޓީމެވެ.
މިމުބާރާތުގެ ފުރަތަމަ ބުރު ކުޅެނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކުރާ ގޮތަށެވެ. ލީގު އުސޫލުން ފުރަތަމަބުރު ކުޅެނިމޭއިރު، އެންމެގިނަ ޕޮއިންޓް ލިބޭ ޓީމް މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނެއެވެ. ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރާނީ، ލިގު ބުރުގެ 2 ވަނަ އަދި 3 ވަނަ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗަށް ފަހުއެވެ.
މިއީ އިހަވަންދޫ މުއައްސަސާތަކުގެ ކަނބަލުންގެ މެދުގައި މިގޮތަށް ކުރިޔަށް ގެންދެވޭ ވާދާވެރި ފުރަތަމަ މުބާރާތެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް