އިހަވަންދޫ ކުޑަކުދިންގެ ޕާކުގެ 3 ސަރަހައްދެއްގައި އަޅާފައިހުރި ޓާފް ބަދަލުކޮށްދޭނެ ބަޔަކު ހޯދަން އިހަވަންދޫ ކައުންސިލުން އިއުލާންކޮށްފިއެވެ. ކައުންސިލްގެ އިއުލާންގައިވާ ގޮތުން، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހު 10 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކޮށް، މިމަހުގެ 14 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ.
އިހަވަންދޫ ކުޑަކުދިންގެ ޕާކްގެ ޓާފް ވަރަށް ބޮޑަށް ހަލާކުވެ، ފީވެފައިވާތީ އެކަމުގެ ޝަކުވާ ގިނަބަޔަކު ކުރެއެވެ. ބޮޑު މަރާމާތަކަށްފަހު، ކުޑަކުދިންގެ ޕާކް ހުޅުވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމްއެވެ. އޭގެ ފަހުން އަދި މިވީ އެއް އަހަރާއި 8 މަސް ދުވަހެވެ.
އިހަވަންދޫ ކައުންސިލުން ޓާފް ބަދަލުކުރަން ބޭނުންވާ ސަރަހައްދުގެ ބޮޑުމިނުގައި، 4،200 އަކަފޫޓް ހުރެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް