އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޑަކުދިންގެ ޕާކް ހުޅުވަނީ
މިމަހުގެ 19 ވާބުރާސްފަތި ދުވަހުގެރޭ އިހަވަންދޫ ކުޑަކުދިންގެ ޕާކް ހުޅުވާނެކަމަށް، އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް މިނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
2009 ވަނަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހުޅުވި އިހަވަންދޫ ކުޑަކުދިންގެ ޕާކް، ވަރަށްބޮޑަށް ވީރާނާ ވެފައިވަނިކޮށް މިދައުރުގެ ކައުންސިލުންވަނީ ކުޑަކުދިންގެ ޕާކު މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން މަރާމަތަށް ޕާކް ބަންދު ކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ.
އިހަވަންދޫ ކައުންސިލުންވަނީ ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްގެން ކުޑަކުދިންގެ ޕާކުގައި ޓާފް އެޅި މިނީ ފުޓްސަލް ދަނޑެއް ތަރައްޤީކޮށްފައެވެ. އަދި ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭއިންވަނީ ހިދުމަތް ދޭންފަށައިފައެވެ. މީގެއިތުރުން ޕާރކަށް ބޭނުންވާ ޕާރކު ސެޓް އަތުރާފައިވާއިރު ޖުލައި މަހުވަނީ ޕާކުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފައެވެ.
ސެޕްޓެމްބަރ މަހު މިނޫހަށް މައުލޫމާތު ދެއްވަމުން، ކައުންސިލްގެ ރައީސް ސޮބާހް ވިދާޅުވީ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ނިމުމުން، އެޕާކް ވެގެންދާނީ މިސަރަހައްދުގައި އޮތް އެންމެ ރީތި ހިތްފަސޭހަ ޕާރކަށްކަމުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
މަސްތައް ނީލަންކިޔުމަށްކީ ތިންވަނަ ނީލަން ވެސް ފެނަށް: 1 ރުފިޔާއަށް ވެސް މަހެއް ނުވިކުނު!
25 - ޖޫން - 2026
ތިންވަނަ ފަހަރަށް އިހަވަންދޫ ޕާކުގެ މަސްތައް ނީލަންކިޔަން އިއުލާންކޮށްފި؛ މިފަހަރު އަގު ކަނޑައަޅާނީ ނީލަމުގެ ބައިވެރިން!
24 - ޖޫން - 2026
ދެވަނަ ފަހަރުވެސް މަސްތަކުގެ ނީލަން "ފެނަށް"!
17 - ޖޫން - 2026
ބޮޑު ބަދަލަކަށްފަހު އިހަވަންދޫ ކުޑަކުދިންގެ ޕާކް އަލުން ހުޅުވައިފި
20 - ޑިސެމްބަރު - 2024
އިހަވަންދޫ ކުޑަކުދިންގެ ޕާކް ވެގެންދާނީ މިސަރަހައްދުގައި އޮތް އެންމެ ރީތި ހިތްފަސޭހަ ޕާރކަށް – ސޮބާޙް
3 - ސެޕްޓެމްބަރު - 2024
ކުޑަކުދިންގެ ޕާކްގައި ފުޓްސަލް ދަނޑެއް ހަދަން ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފި
22 - އޭޕްރީލް - 2024
ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ ކުއްޔަށްހިފާނެ ބަޔަކު ހޯދަނީ
11 - ޖެނުއަރީ - 2024
އިހަވަންދޫ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕާރކު ސެޓް ސަޕްލައިކޮށް ކޮށްދޭނެ ފަރާތެއް ހޯދަނީ
13 - ޑިސެމްބަރު - 2023
ކުޑަކުދިންގެ ޕާކުގައި ކެފޭއެއް އަޅާދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި
18 - އޭޕްރީލް - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް