ޚަބަރު

އައްޝައިހް އަޙްމަދު އައްޒާމް ޙާފިޡު ކަމުގެ ސަނަދު ހާސިލް ކުރައްވައިފި

އައްޝައިހް އަޙްމަދު އައްޒާމް ޙާފިޡު ކަމުގެ ސަނަދު ހާސިލް ކުރައްވައިފި

އައްޝައިޙް  އަޙްމަދު ޢައްޒާމް (25އ)

Advertisement Advertisement

ހއ. އިހަވަންދޫ އަބާރަން، އައްޝައިޙް  އަޙްމަދު ޢައްޒާމް (25އ) ޙާފިޡު ކަމުގެ ސަނަދު ހާސިލް ކުރައްވައިފިއެވެ. ޝެއިހް އަޙްމަދު ޢައްޒާމް ޙާފިޡު ކަމުގެ ސަނަދު ހާސިލް ކުރައްވައިފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. 

ކީރިތި ޤުރުއާން ހިތުދަސްތޯ ކަށަވަރުކުރުމަށް، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މުކަޒުން މިއަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 1 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށް ގެންދިޔަ އިމްތިހާނުން ޝެއިހް އަޙްމަދު ޢައްޒާމް ފާސްވެފައިވަނީ އެއްވަނަ ދަރަޖާގައެވެ. 

މިއާއި އެކު ޝެއިޙް ޢައްޒާމް ވެފައިމިވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މުކަޒުން، ޙާފިޡު ކައުމުގެ ސަނަދު ހާސިލްކުރެއްވި އިހަވަންދޫގެ ދެވަނަ ފަރާތަށެވެ. އެމަރުކަޒުން އެންމެ ފުރަތަމަ ޙާފިޡާ ކަމުގެ ސަނަދު ހާސިލްކުރި އިހަވަންދޫއަށް ނިސްބަތްވާ ފަރާތަކީ ހއ. އިހަވަންދޫ، ނޫތަރިގޭ، އުމުރުން 20 އަހަރުގެ ރައްޔާ އަޙްމަދުއެވެ.

އިހަވަންދޫގައި ޙާފިޡުން އުފެއްދުމަކީ އިހަވަންދޫ ކައުންސިލްގެވެސް ވަރަށްބޮޑު އަމާޒެކެވެ. އެގޮތުން،  އިހަވަންދޫގެ ރައްޔިތުންގެ ތެރެއިން  ޙާފިޡު ކަމުގެ ސަނަދު ހާސިލްކުރާ  ކޮންމެ މީހަކަށް 50،000ރ ގެ އިނާމެއް ދިނުމަށް، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 109 ވަނަ ޖަލްސާގެ އިއްތިފާގުން ފާސްކޮށްފައިވެއެވެ. ހިތްތަކުގެ ނޫރުގެ ނަމުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އަންނަނީ   ޙާފިޡުން އުފެއްދުމުގެ މަޤްސަދުގައި ޕްރޮގްރާމެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުން:

 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް