ޚަބަރު

ފެނަކައިން، އިހަވަންދޫގެ ފުރަތަމަ ޙާފިޡާ މަރިޔަމް ރައްޔާގެ ކާމިޔާބީ ފާހަގަކޮށްފި!

ފެނަކައިން، އިހަވަންދޫގެ ފުރަތަމަ ޙާފިޡާ މަރިޔަމް ރައްޔާގެ ކާމިޔާބީ ފާހަގަކޮށްފި!
Advertisement Advertisement

ހއ. އިހަވަންދޫގެ ފުރަތަމަ ޙާފިޡާ، މަރިޔަމް ރައްޔާ އަޙްމަދު، ޤުރުއާން ހިތުދަސްކުރެއްވުމުގެ މަތިވެރި ކާމިޔާބީ ހޯއްދެވުން ފާހަގަކޮށް، އެކަމަށް ހިތްވަރު ދިނުމުގެ ޚާއްސަ ހަފުލާއެއް އިހަވަންދޫ ފެނަކަ ބުރާންޗުން ބާއްވައިފިއެވެ.

މި ހަފުލާ ބާއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ، އިހަވަންދޫ ލައިސަންސް ޓްރެކް ސަރަޙައްދުގައެވެ. މި ހަފުލާގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ނަސީރުގެ އިތުރުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް، އިހަވަންދޫގެ މުއައްސަސާތަކުގެ ވެރިން، ފެނަކައިގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކުން ބައިވެރިވެފައިވެއެވެ.

މި ހަފުލާގެ މައިގަނޑު މަޤްޞަދަކީ ރައްޔާ ހޯއްދެވި ދީނީ މަތިވެރި ކާމިޔާބީ ފާހަގަކޮށް، އެ ކާމިޔާބީއަށް އިތުރު ހިތްވަރެއް ދިނުމެވެ. ފެނަކައިގެ ފަރާތުން އެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި ޝިފާއު، ރައްޔާ އަދި ރައްޔާގެ އާއިލާއިން އެކަމަށް ކުރެއްވި ބުރަ މަސައްކަތަށް އަލިއަޅުއްވާލައްވައި ވާހަކަ ދެއްކެވިއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރުވެސް ރައްޔާ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި، ރައްޔާއަށް އިތުރަށް ހިތްވަރު ދެއްވައި، ކުރިއަށް އޮތްތަނުގައިވެސް  ޢިލްމު އުނގެނުމަށް ބާރުއެޅުއްވިއެވެ. އެރޭގެ ރަސްމިއްޔާތުގައި ފެނަކައިގެ މުވައްޒަފުންވަނީ ރައްޔާ ކުރެއްވި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ރައްޔާއަށް ހަދިޔާ ދީފައެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް