ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
މުޙައްމަދު އަކުރަމް
20 - އޭޕްރީލް - 2026
އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ނަސީރަށް ސަރުކާރުން އިތުބާރުކުރާކަމާއި މެދު އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ސުވާލު އުފައްދަވައިފިއެވެ. މި ނޫހާ ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް ވިދާޅުވީ، މެންބަރު ނަސީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. ސޮބާހް ވަނީ މެންބަރު ނަސީރަށް ސަރުކާރުން ކުރާ އިތުބާރާ މެދު ބޮޑެތި ސުވާލުތަކެއް އުފައްދަވާފައެވެ.
ސޮބާހްގެ މި ވާހަކަތަކާ ގުޅިގެން މެންބަރު އަޙްމަދު ނަސީރާ ސުވާލުކުރުމުން، އެބޭފުޅާ ވަނީ ސޮބާހްގެ ވާހަކަތައް ދޮގުކުރައްވާފައެވެ. ނަސީރު ވިދާޅުވީ ޕީއެންސީގެ ލީޑަޝިޕްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިތުބާރު އެބޭފުޅާއަށް އެބައޮތް ކަމުގައެވެ.
ނަސީރުގެ އިތުބާރާ މެދު ސޮބާހް ސުވާލު އުފައްދަވާފައި މިވަނީ، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރުން ފެށިގެން މި ދެ ބޭފުޅުންގެ މެދުގައި އުފެދިފައިވާ ބޮޑެތި ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ. މީގެ ކުރިން ނަސީރަށް މަޖިލިސް ގޮނޑި ކާމިޔާބުކޮށްދިނުމުގައި އެންމެ އިސްސަފުގައި މަސައްކަތްކުރެއްވި ސޮބާހަށް، ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީއެންސީ ޕްރައިމަރީން ފުރުސަތު ދީފައެއް ނުވެއެވެ. އެ ފުރުސަތު ނުދިނީ ޝަރުތު ހަމަނުވާކަމަށް ބުނެއެވެ. އެ ހިސާބުން ސޮބާހް ވަނީ ޕީއެންސީ ދޫކޮށް އަމިއްލަ ގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާފައެވެ. މި އިންތިޚާބުގައި ސޮބާހަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު، މެންބަރު ނަސީރާއެކު ޕީއެންސީގެ ޓިކެޓްގައި ނުކުތް އެއްވެސް ކެންޑިޑޭޓަކަށް ވެސް އިންތިޚާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ސޮބާހް ތުހުމަތުކުރައްވާ ގޮތުގައި،ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓަކު ނެގުމުގައި ނަސީރު އަމަލުކޮށްފައިވަނީ ޕާޓީގެ އިރުޝާދާ އެއްގޮތަކަށް ނޫނެވެ. "ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީން ލީޑާޝިޕުން ނިންމާފައިވަނީ އިހަވަންދޫގައި ޕްރައިމަރީ ބާއްވާން" ސޮބާހް ވިދާޅުވިއެވެ. "ކޮންމެ ދާއިރާއަކުން ވެސް އެ ދާއިރާގެ ކެންޑިޑޭޓުން ނެގުމުގެ ކަންކަން ކުރިއަށް ގެންދަން ދޫކޮށްލެވިފައި އޮތީ އެމްޕީއަށް. ކެންޑިޑޭޓުން އަދަދަށްވުރެ ގިނަ ނަމަ ސްޓިއަރިން ކޮމިޓީއާއި އާންމު މެންބަރުންނާ މަޝްވަރާކޮށްގެން ކެންޑިޑޭޓުން ނަގަން ޖެހެނީ. އެގޮތަށް އެއްބަސްނުވެވޭނަމަ ޕްރައިމަރީ ބާއްވަން ޖެހޭ. ނަމަވެސް އެފަދަ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވޭ،" ސޮބާހް ތަފްސީލް ކޮށްދެއްވިއެވެ. ސޮބާހް އިތުރަށް ވިދާޅުވީ ނަސީރު ވަނީ ޕާޓީގެ ލީޑަޝިޕަށް އޮޅުވާލާފައި ކަމަށާއި، އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ޓީމު އެންޑޯޒް ކުރެއްވީ އެ ސަބަބާ ހުރެ ކަމަށެވެ.
ސޮބާހްގެ މިތުހުމަތުތަކަށް ސީދާ ޖަވާބެއް ނުދެއްވައި ނަސީރު ވިދާޅުވީ، އެބޭފުޅާއަށް ޕާޓީގެ ލީޑާޝިޕާއި ރައީސްގެ އިތުރުން، ޕާޓީގެ އާންމު މެމްބަރުންގެ އިތުބާރު އެބައޮތްކަމުގައެވެ. އަދި ސިޔާސީ މަސައްކަތުގައި އިތުބާރުވެސް އެބައޮތް ކަމުގައެވެ. " އިންތިހާބް ކާމިޔާބު ކުރުމަށް ހަވާލުކުރީ، ކުރީގެ އިޒަތްތެރި މެންބަރު މުހައްމަދު އަބުދުالله އަޅުގާޑާ ހަވާލުކުރި ޒިންމާ އަދާކުރުމުގާ ދެމިހުރިން، އަބަދުވެސް އެދެނީ ޕީއެންސީ އަށް ކާމިޔާބު" ނަސީރު ވިދާޅުވިއެވެ. "އިންތިހާބް ވަނީ ނިމަފަ ޓެކްނިކަލް އެރޯ ކަމައް ބެލެވެނީ ރައީސް ތާއީދު އަދި ޕާޓީގެ ސަޕޯޓް އެބައޮތް އަޅުގަޑު މިކުރަނީ ޤައުމީ މަސައްކަތެއް ރައްޔިތުން ތާއިދު އަބަދުވެސް ހޯދާނީ" ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ ނިމިދިޔަ އިންތިހާބުން، ދެކަމެއް އެނގިގެން ހިނގައްޖެކަމުގައެވެ. "އެއްކަމަކީ ފައިސާގެ ނުފޫޒަށް ހެއްލޭ މީހަކު ލައްވާ އެފަދަ ފައިސާއާއި ނުފޫޒަށް މީހުން ހައްލާ ލެވިދާނެކަން، ދެވަނަ ކަމަކީ ޕީއެންސީއާއި ރައީސަށް އިހްލާސްތެރި މެންބަރެއްގެ ފަހަތުގައި ހަމަ އެފަދަ އިހްލާސްތެރިން ތިބިކަން" ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ މިއީ ބަދަލުވާންޖެހޭ އަދި ލަސްކުރުމެއް ފަސްކުރުމެއްނެތި، ބަދަލުގެންނަންޖެހޭ ވަގުތު ކަމުގައެވެ. ނަސީރު ވިދާޅުވީ އިހްލާސްތެރިން އެނގި ހާމަވެއްޖެކަމުގައެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބުގެ ސިޔާސީ ގަދަ ރޯޅިތައް އަދިވެސް މައިތިރިއެއް ނުވެއެވެ. އުފެދުނު ބާރުގަދަ ތޫފާނުގެ ސަބަބުން ސިޔާސީ މަޝްރަހަށްއެރި ލޮޅުންތަކާއި، އޭގެ ފުން އަސަރުތައް ވަޒަންކޮށްލަން އަދިވެސް ދުވަސްތަކެއް ނަގާނެކަން ކަށަވަރެވެ. ސިޔާސީ ތޫފާނަކީ ކަނޑުގެ ރާޅުތައް ފަދަ އެއްޗެކެވެ. ރާޅުތައް ބޭރުފުށުން މައިތިރިވިޔަސް، އަޑީގައިވާ އޮއިވަރުގެ ބާރުމިން އެނގޭނީ ހަމަހިމޭންކަން ވެރިވުމުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު
ކައުންސިލްގެ ރައީސް
ޕީއެންސީ
މެންބަރު ނަސީރު
ގުޅުން ހުރެދާނެ ލިޔުން
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
އެމްޕީ ނަސީރަށް އިހަވަންދޫ ޕީއެންސީގެ ކޮންޓްރޯލް ގެއްލެނީބާ؟
23 - މާރިޗު - 2026
ކައުންސިލް އަދި އ.ތ.މ.ކ އަށް ޕީއެންސީން ކުރިމަތިލާ ފުލްޓީމް ހަމަކޮށްފި!
29 - ޖެނުއަރީ - 2026
އ.ތ.މ.ކ ނައިބު ނަޝީދާ، މިފަހަރު ސޮބާހް ޓީމާއިއެކު ރައީސާ ކަމަށް!
26 - ޖެނުއަރީ - 2026
ލޯކަލް ކައުންސިލް އިންތިހާބު 2026: ސޮބާހްގެ އާއިއެކު ނުކުންނަ ފުލް ޓީމް އިއުލާންކޮށްފި!
23 - ޖެނުއަރީ - 2026
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
19 - ޖެނުއަރީ - 2026
ސޮބާހް އާއިއެކު އަމިއްލަގޮތުން ކައުންސިލަށް ވާދަކުރާ ޓީމް އިއުލާންކޮށްފި
12 - ޖެނުއަރީ - 2026
ޕީއެންސީގެ ޓިކެޓް ލިބިފައި ވަނިކޮށް، ރިފްދާ ނަން އަނބުރާ ގެނެސްފި!
11 - ޖެނުއަރީ - 2026
ޓީމަކާއިއެކު ސޮބާހް އަމިއްލަގޮތުން ކުރިމަތިލައްވަނީ!
1 - ޖެނުއަރީ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް