އެމްޕީ ނަސީރަށް އިހަވަންދޫ ޕީއެންސީގެ ކޮންޓްރޯލް ގެއްލެނީބާ؟
މުޙައްމަދު އަކުރަމް
23 - މާރިޗު - 2026
އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އަހްމަދު ނަސީރަށް، އިހަވަންދޫ ޕީއެންސީގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ބެލެވޭ ފަދަ މަންޒަރުތަކެއް ފެންނަން ފަށައިފިއެވެ.
އެގޮތުން، ޕީއެންސީގެ ރަސްމީ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތަކަށްވުރެ ބޮޑަށް، އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ވާދަކުރާ ކެނޑިޑޭޓުންގެ ހަރަކާތްތަކުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފެންނަން ފެށުމުން ގިނަ ބައެއްގެ ސުވާލުތައް ވަނީ އަމާޒުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި އިހަވަންދޫގެ ބައެއް ބޭފުޅުން ގެންދަވަނީ، ޕީއެންސީ ކެނޑިޑޭޓުންގެ ބަދަލުގައި އަމިއްލަ ގޮތުން ވާދަކުރާ ޓީމުގެ ކެމްޕޭންގެ އިސްސަފުގައި ހަރަކާތްތެރިވަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންނާއި، ޕޮލިޓިކަލް ކޯޑިނޭޓަރުން ހިމެނެއެވެ. މިއީ ދާއިރާގެ މެމްބަރު ނަސީރުގެ ކޮންޓްރޯލް ޕާޓީގެ ތެރޭގައި އޮތް މިންވަރާ މެދު ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
މިކަމާ ގުޅޭގޮތުން މިނޫހުން، މެމްބަރު އަހްމަދު ނަސީރާ ސުވާލު ކުރުމުން، ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި އެބޭފުޅާ ފޮނުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވީޑިއޯ ކްލިޕެކެވެ.
އެ ވީޑިއޯގައި ރައީސް މުއިއްޒު ވިދާޅުވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމަނިކުފާނުގެ ތާއީދު އޮންނާނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކަމަށެވެ.
"އަޅުގަނޑުގެ ތާއީދު އޮންނާނީ އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް އެކަނި، ޕީއެންސީ ކެނޑިޑޭޓުންނަށް އެކަނި، މިނިވަންކޮށް ހުރި ބޭފުޅަކަށް ވިޔަސް، އެމްޑީޕީ ޓިކެޓްގައި ހުރި ބޭފުޅަކަށް ވިޔަސް، އެއްވެސް އެހެން ޕާޓީއެއްގެ ބޭފުޅަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ،" ރައީސްގެ ވީޑިއޯގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ވާހަކަފުޅާ ހިލާފަށް، އެބޭފުޅާ އައްޔަން ކުރައްވާފައިވާ ބައެއް ސިޔާސީ މުވައްޒަފުން އަމިއްލަ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރަމުންދާއިރު، މިއީ މެމްބަރު ނަސީރަށް ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމުގައި ކުރިމަތިވެފައިވާ ގޮންޖެހުމެއްގެ ގޮތުގައި ދާއިރާގެ ބައެއް އާންމުން ދެކެއެވެ.
ޕީއެންސީއަށް މިހާލަތު ކުރިމަތިވީ، އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލީ ބައެއް ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާކަމަށް ނިންމައި އިހަވަންދޫގައި ޕްރައިމަރީ ނުބާއްވަން ނިންމި ހިސާބުންނެވެ. ޕްރައިމަރީއަށް ޝަރުތު ހަމަނުވާކަމަށް ނިންމި ބައެއް ކެނޑިޑޭޓުން، ހާއްސަކޮށް މިހިނގާ ދައުރުގެ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްވަނީ އަމިއްލަ ކެނޑިޑޭޓުންގެ ޓީމެއް އެކުލަވާލައި، ކެމްޕެއިން ހަރަކާތްތައް ފައްޓަވާފައެވެ. ސޮބާހްގެ ޓީމްގައި އިހަވަންދޫ ޕީއެންސީގެ ގްރާސް ރޫޓްގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންދަނީ ހަރަކާތްތެރިވަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، ޕީއެންސީ ޓިކެޓްގައި ކުރިޔަށްއޮތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށުގައި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް ވާދަކުރާ އާމިނަތު ނުޒުހަތު މިއަހަދުވަނީ ކެމްޕެއިން ހުއްޓާލައި، އަމިއްލަގޮތުން ވާދަކުރާ "ރައްޔިތުންގެ ޓީމަށް" ތާއީދުކުރާކަން ހާމަކޮށްފައެވެ. ނުޒުހަތު ބުނާގޮތުން އެނިންމުން ނިންމީ އޭނާގެ ދިރިއުޅުމުގެ ހާލަތު މިވަގުތު ހުރިގޮތުންނެވެ. ނަމަވެސް ސުވާލު އުފެދެނީ "ރައްޔިތުންގެ ޓީމަށް" ތާއީދު ކުރާކަމާއި އެޓީމަށް ތާއީދު ކޮށްދިނުމަށް ނުޒުހަތަށް ތާއީދުކުރާ ފަރާތްތަކުގެ ކިބައިން އެދުނު ހިސާބުންނެވެ.
އަޅުގަނޑުމުންނަށް ފެންނަންއޮތް ހަގީގަތަކީ ސަރުކާރުގެ އެތެރޭ ކޮއިލުގެ ބާރުހުރި ދެ ގެރިއެއް ގަދަޔަށް ތަޅަމުން ދާކަމެވެ. މިކަމުގެ ބާރުކުރަނީ ޕީއެންސީ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނާއި، އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ވާދަކުރާ ކެނޑިޑޭޓުންނަނަށް ކަމެވެ. އަމިއްލަގޮތުން ވަކި ޓީމެއްގެ ގޮތުގައި ވާދަކުރާ ފަރާތްތައްވެސް، ކިތަންމެ ނޫންކަމަށް ހެދިގެންނަމަވެސް ކެނޑިނޭޅި މަސައްކަތްކުރަމުން ދަނީ ސަރުކާރުތެރެއިން "ބާރުތައް" ހޯދުމުގެ މަސައްކަތެވެ. ހަމަ އެފަދައިން ޕީއެންސީ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޖެހިފައިވަނީ އެބާރުތައް ހިފެހެއްޓުމުގެ މަސައްކަތް ކުރާށެވެ.
މި ޑުރާމާގެ ކުރިޔަށްހުރި އެޕިސޯޑްތައް ވަރަށް އަވަހަށް މަންޒަރު ކުލަވާވަރަށް ސާފުވާނެކަމަށް ބެލެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ނަސީރަށް ސަރުކާރުގެ އިތުބާރު އެބައޮތްތަ؟ ސޮބާހް ވިދާޅުވަނީ ނެތޭ! ނަސީރު ވިދާޅުވަނީ އެބައޮތޭ!
20 - އޭޕްރީލް - 2026
ޕީއެންސީއާ ގުޅުމާމެދު ހުރާސަތަށް ގޮތް ނިންމަން އުނދަގޫވެއްޖެ!
16 - މޭ - 2026
ފިރާގު އަދި ހުރާސަތު ޕީއެންސީއަށް ސޮއިކޮށްފި
12 - މޭ - 2026
އަމިއްލަ ގޮތުން ވާދަކޮށް އިހަވަންދޫ ކައުންސިލަށް އިންތިހާބުވި ފިރާގު ޕީއެންސީއާ ގުޅެން ނިންމައިފި!
12 - މޭ - 2026
ރައީސް މުއިއްޒު ޕީއެންސީ ކެނޑިޑޭޓުންނާއި ދެކޮޅަށް ފަންޑުކުރެއްވިކަމުގެ ތުހުމަތު އަމާޒުވެއްޖެ!
7 - އޭޕްރީލް - 2026
ދެބުޅާ ކޯޅެންތިއްބާ އިހަވަންދޫއިން މެޖޯރިޓީ ހޯދީ އެމްޑީޕީ! ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު!
5 - އޭޕްރީލް - 2026
ޕީއެންސީ ރެލީގައި ބައިވެރިވުމަށް އިހަވަންދޫ ފެނަކަ ރަސްމީ ސްޓާފް ގުރޫޕްގައި ދައުވަތު ދީފި
3 - އޭޕްރީލް - 2026
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫގެ މެޖޯރިޓީ ހޯދާނެ ޓީމެއް ބެލުމަށް ޕޯލެއް ހުޅުވާލައިފި!
1 - އޭޕްރީލް - 2026
ޕީއެންސީ ކެނޑިޑޭޓުންގެ ޕޯސްޓަރަށް ކަޅުތެޔޮ ޖަހައި ގެއްލުންދީފި
1 - އޭޕްރީލް - 2026
ހުސް ގޮނޑި ބަހައްޓައިގެން ޕީއެންސީއިން ޖަލްސާއެއް ބާއްވައިފި!
28 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް