- ރައީސްކަމަށް؛ އަހްމަދު ސޮބާހް
- މެމްބަރުކަމަށް: މުހައްމަދު ފިރާޤު
- މެމްބަރުކަމަށް: މުހައްމަދު ވިޝާހު
- އަންހެން މެމްބަރުކަމަށް: ފާތިމަތު ސަޖުނާ
- އަންހެން މެމްބަރުކަމަށް: އައިޝަތު ސަމާހަތު
އިހަވަންދޫ ކައުންސިލްގެ ރައީސް، ސޮބާހް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅައިފި
އިހަވަންދޫ ކައުންސިލްގެ މިހިނގާ 4 ވަނަ ދައުރުގެ ރައީސް، އަހްމަދު ސޮބާހް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. ސޮބާހް އަމިއްލަގޮތުން ވާދަކުރައްވަން ނިންމެވީ، ޕީއެންސީ ޓިކެޓް ހޯދުމަށް ޕީއެންސީ ޕްރައިމެރީގައި ވާދަކުރުމަށް ހުށަހެޅުމުން، ސޮބާހްގެ ޝަރުތު ހަމަނުވާކަމަށް އެޕާޓީއިން ނިންމައި ޕްރައިމެރީގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމުންނެވެ.
ސޮބާހް އިންތިހާބުވީ ޕީޕީއެމް ޓިކެޓްގައި ނަމަވެސް، އެޕާޓީ އުވައިލުމުން ފަހުން ވެރިކަންކުރާ ޕީއެންސީއަށް ސޮއެކުރިއެވެ. ނަމަވެސް ފަހުން އެޕާޓީއިންވަނީ ވަކިވެފައެވެ. ވަކި ކެނޑިޑޭޓުންތަކެއް ޝަރުތުހަމަވާކަމަށް ނިންމައި، ވަކި ކެނޑިޑޭޓުންތަކަކަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދިނުމުން އުފެދުނު މައްސަލަތައް ހައްލުކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ސޮބާހްވަނީ އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން އިސްތިއުފާ ދެއްވައި ޓީމަކާއިއެކު އަމިއްލަ ގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
އެގޮތުން މިހާތަނަށް އެޓީމުންވަނީ 6 ކެނޑިޑޭޓެއް އިއުލާންކޮށްފައެވެ. އެއީ:



