ޚަބަރު

އ.ތ.މ.ކ ނައިބު ނަޝީދާ، މިފަހަރު ސޮބާހް ޓީމާއިއެކު ރައީސާ ކަމަށް!

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސާ، ނަޝީދާ އަބުދުﷲ ކުރިޔަށްއޮތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އެކޮމިޓީގެ ރައީސާ ކަމުގެ މަޤާމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވައިފިއެވެ. ނަޝިދާ މިފަހަރުގެ އިންތިހާބަށް ނުކުންނަނީ، އަމިއްލަ ގޮތުން މިއިންތިހާބުގައި ވާދަކުރާ "ސޮބާހް" ޓީމް އާއި އެކުއެވެ. އެގޮތުން އެޓީމްގެ ކެމްޕެއިން ހަރަކާތްތަކުގައި ނަޝީދާ މިހާރުދަނީ ބައިވެރިވަމުންނެވެ. ނަޝީދާ، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް އިންތިހާބުވީ އެމްޑީޕީ ޓިކެޓްގައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަޤާމަށް 3 ކެންޑިޑޭޓެއް ވާދަކުރާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ. އެއީ ނަޝީދާގެ އިތުރުން، އާމިނަތު ރިޒާނާ އަދި އާމިނަތު ނުޒުހަތުއެވެ. ނުޒުހަތު ޕީއެންސީ ޓިކެޓްގައި ވާދަކުރާއިރު، ރިޒާނާ ވާދަކުރަނީ އެމްޑީޕީގެ ޓިކެޓްގައެވެ.
މުޙައްމަދު އަކުރަމް