ޚަބަރު

ސޮބާހް އާރުޑީސީ އިހަވަންދޫ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމަށް!

ސޮބާހް އާރުޑީސީ އިހަވަންދޫ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމަށް!
Advertisement Advertisement

އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްކަން ކުރެއްވި، އަދި ޕީއެންސީ އިހަވަންދޫ ސްޓިއަރިންގ ކޮމިޓީގެ މިހިނގާ ދައުރުގެ ރައީސް އަހްމަދު ސޮބާހް އަށް، އިހަވަންދޫ އާރުޑީސީ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމް ދީފިއެވެ. 

އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްކަން ކުރެއްވި، ސޮބާހްވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކޮށްފައެވެ. 773 ވޯޓް ލިބުނު ނަމަވެސް ސޮބާހްއަށް އެއިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެފަހަރުގެ އިންތިހާބުގައި ސޮބާހް ވާދަކުރީ އަމިއްލަ ގޮތުންނެވެ. އެއީ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް ހޯދުމަށް، ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅުމުން، އެޕާޓީއިން ސޮބާހްގެ ޝަރުތު ހަމަނުވާކަމަށް ނިންމުމުންނެވެ.

ސޮބާހްއަށް އާރުޑީސީ އިހަވަންދޫ ސައިޓްގެ ސީނިއަރ މެނޭޖަރުގެ މަޤާމް ދިން މިދަނޑިވަޅަކީ، އެކުންފުނިން އިހަވަންދޫގައި ހިންގަމުން އަންނަ ޕްރޮޖެކްޓައް އިންތިހާއަށް ލަވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްކަން ފާހަގަކުރެވެއެވެ. އިހަވަންދޫގައި ސަރުކާރުން ހިންގަމުން އަންނަ އެންމެ ބޮޑެތި އަދި މުހިންމު މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެކުންފުންޏާއެވެ. އެގޮތުން އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމާއި، އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން، އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ފާހަގަކުރެއެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި، އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލަރުންގެ ތެރެއިން، މަރިޔަމް ޝިފާޒާ ފިޔަވާ ހުރިހާ ކައުންސިލަރުން ވާދަކުރިއެވެ. ނަމަވެސް އެއްވެސް ކައުންސިލަރަކު 5 ވަނަ ދައުރަށް އިންތިހާބު ވެފައެއް ނުވެއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް