ޚަބަރު

އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް ޢިޝާ އަދި ޝައިހާ ހޯދައިފި

އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުންގެ މަގާމް ޢިޝާ އަދި ޝައިހާ ހޯދައިފި

ޢިޝާ އަދި ޝައިހާ ފޮޓޮއަކަށް ހުއްޓިގެން. ފޮޓޯ: އިހަވަންދޫ.ކޮމް

Advertisement Advertisement

2024 - 2025 ވަނަ ދިރާސީ އަހަރު އިހަވަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އާމިނަތު ޢީޝާ އިޝާލް ޢަދުނާން މުޙައްމަދު އަދި ފާތިމަތު ޝައިހާ އަބުދުލް ސައްތާރު ހޮވިއްޖެއެވެ.

އާމިނަތު ޢީޝާ އިޝާލް ޢަދުނާން މުޙައްމަދު ހުރިހާއި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ 2024 ވަނަ ދިރާސީ އަހަރުގެ ޘާނަވީ ބައިންނެވެ. 2025 ވަނަ ދިރާސީ އަހަރުގެ މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ ފާތިމަތު ޝައިހާ އަބުދުލް ސައްތާރުއެވެ. ސައިހާ ވަނީ 2022 ވަނަ އަހަރުގެ ޘާނަވީ ބައިން އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމުވެސް ހޯދާފައިކަން ފާހަގަކުރެވެއެވެ. 

2024 ވަނަ ދިރާސީ އަހަރު ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގާލް ގައިޑަކަށް ހޮވިފައިވަނީ އައިޝަތު ސުމާ އަލީއެވެ. 2024 ވަނަ ދިރާސީ އަހަރު ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށް ހޮވިފައިވަނީ ޒައްމަތު ޒޭބާ ޒިރާންއެވެ. 2024 ވަނަ ދިރާސީ އަހަރު ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށް ހޮވިފައިވަނީ ފާތިމަތު ދުންޏާ ހަލީމްއެވެ.

2024 ވަނަ ދިރާސީ އަހަރު ބެސްޓް އޯލް ރައުންޑް، ކެޑޭޓަކަށް ހޮވިފައިވަނީ އަޒާން ދާއޫދު މުހައްމަދު އާމިރުއެވެ. 2024 ވަނަ ދިރާސީ އަހަރު ބެސްޓް އޯލް ރައުންޑް، ގާލް ގައިޑަކަށް ހޮވިފައިވަނީ އައިޝަތު ސުމާ އަލީއެވެ.

އިހަވަންދޫ ސްކޫލްގެ 2024 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވީ މިރޭ އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައެވެ. މިއީ އެ ހޯލް އޭސީ ކުރިފަހުން ބޭއްވި މިފަދަ ފުރަތަމަ ބޮޑު އިވެންޓެވެ. އެރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް  ސްކިލްސް ޑިވެލޮޕްމެންޓްގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒް މުހައްމަދުއެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް