2024 - 2025 ވަނަ ދިރާސީ އަހަރު އިހަވަންދޫ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 6 ވީ އާދިއްތަ ދުވަހުގެ ރޭ އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައެވެ.
2024 - 2025 ވަނަ ދިރާސީ އަހަރު އިހަވަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނީ އާމިނަތު ޢީޝާ އިޝާލް ޢަދުނާން މުޙައްމަދު އަދި ފާތިމަތު ޝައިހާ އަބުދުލް ސައްތާރުއެވެ. އާމިނަތު ޢީޝާ އިޝާލް ޢަދުނާން މުޙައްމަދު ހުރިހާއި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ 2024 ވަނަ ދިރާސީ އަހަރުގެ ޘާނަވީ ބައިންނެވެ. 2025 ވަނަ ދިރާސީ އަހަރުގެ މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ ފާތިމަތު ޝައިހާ އަބުދުލް ސައްތާރުއެވެ. އެރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓްގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒް މުހައްމަދުއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް