ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ތައާރަފްކޮށްގެން ބާއްވާ "އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގެ ހއ. އަތޮޅުގެ ފައިނަލްގައި އިހަވަންދޫ އަދި ފިއްލަދޫ ބައްދަލުކުރި މެޗްގެ ތެރެއިން.
މިމެޗް 5-0 އިން ކާމިޔާބޮށް ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ އިހަވަންދޫއެވެ. އިހަވަންދޫ ޓީމަށް ގޯލްތައް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަޙްމަދު އެލްސައީދުގެ އިތުރުން މުހައްމަދު ސާނިއުއެވެ. މިމެޗްގައި އެލްސައީދު 3 ގޯލް ޖަހައި ހެޓްރިކް ހެދިއިރު، ޝާނިއުވަނީ 2 ގޯލް ޖަހައިފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށްވެސް ހޯވުނީ އިހަވަންދޫ ޓީމްގެ އަޙްމަދު އެލްސައީދެވެ.


