ޙައްޤުތައް ހޯދުމުގައި ރިވެތި އަޚުލާޤު ބޭނުންކުރުން
އިސްލާމްދީނުގައި، އިއްވޭ ނިޔަތަކާއި މަތިވެރި އަޚްލާޤު ވަރަށް ބޮޑަށް ގުޅިފައިވެއެވެ. ކުރެވޭ ދަޢްވާއެއްގައި ދެ ޚަޞްމުންކުރެ ޚަޞްމެއްގެ މޮޅުވާހަކަ ދެއްކުމުންނާއި ދިފާޢުވުމުގެ ކުޅަދާނަކަމުން އެމީހަކަށް ލިބެންނުވާ ޙައްޤެއް ލިބުމަކީ އިންޞާފުވެރި ގޮތެއްކަމަކަށް އިސްލާމްދީން ނުދެކެއެވެ. އެހެންވެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
((إِنَّكُمْ تَخْتَصِمُونَ إِلَيَّ , وَإِنَّمَا أَنَا بَشَرٌ مِثْلُكُمْ ، فَلَعَلَّ بَعْضَكُمْ أَنْ يَكُونَ أَلْحَنَ بِحُجَّتِهِ مِنْ بَعْضٍ ، فَأَحْكُمَ لَهُ بِقَدْرِ مَا أَسْمَعُ مِنْ حُجَّتِهِ ، فَمَنْ قَضَيْتُ لَهُ مِنْ حَقِّ أَخِيهِ بِشَيْءٍ فَلا يَأْخُذْ , فَإِنَّمَا أَقْطَعُ لَهُ قِطْعَةً مِنَ النَّارِ )) .[متفق عليه]
“ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ކައިރިއަށް ނިޔާއިއްވުމަށްޓަކައި އާދެތެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުން ފަދަ އިންސާނެކެވެ. ތިޔަބައިމީހުން ކުރެ ބައެއް މީހުން ޙުއްޖަތް ޤާއިމްކުރުމުގައި އަނެއްބައި މީހުންނަށްވުރެ ވާހަކަދެއްކުމުގައި ދޫ ތުރާއެވެ. ތިމަންކަލޭގެފާނު ޙުކުމްކުރައްވަނީ ތިމަންކަލޭގެފާނަށް ހެކީގެ ގޮތުގައި އިވިވަޑައިގަންނަވާ އެއްޗަކަށް ބައްލަވާފައެވެ. އެއްވެސް މީހެއްގެ ޙައްޤެއް އެހެންމީހަކަށް ދިނުމަށް ތިމަންކަލޭގެފާނަށް ޙުކުމް ކުރެވިއްޖެނަމަ ފަހެ އެ އެތީގައި ނުހިފާށެވެ. އެއީ ނަރަކައިގެން އަލިފާނުގެ ތެރެއިން ކަނޑާލެވޭ އަލިފާންގަނޑެކެވެ.”
އެހެން ކަމުން ޙާކިމެއްގެ ކުރިމައްޗަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ތެދުވެރިކަމުގެ ރިވެތި އަޚްލާޤު ބޭނުންކުރަން އެބަޖެހެއެވެ. މިފަދަ ކަމެއްގައި އެ ޙައްޤު އޭގެ އަޞްލު ޙައްޤުވާ ފަރާތަށް ހޯދައިދިނުން ބިނާވެފައިވަނީ އެމީހެއްގެ ޟަމީރުގެ ތެދުވެރި ކަމުގެ މައްޗަށެވެ. ނުވަތަ އެކަން ބިނާވެފައިވަނީ އޭނާގެ މަތިވެރި އަޚްލާޤެއްގެ މައްޗަށެވެ. ތިމާއަށް ލިބެންނުވާ ޙައްޤެއް ފަނޑިޔާރުގެ ކުރިމަތީގައި ދޮގު ހެކިތައް ދައްކައި ގެންނާއި، ދޮގު ހުވާތައް ކޮށްގެންނާއި ނުފޫޛުހުރި ފަރާތެއްގެ އެހީ ހޯދައިގެންނާއި، ބަސްމޮށުން ތެރިކަމާއި، ރިޝްވަތު ދިނުން ފަދަ ޙަރާމްކަންތައް ކޮށްގެން ހޯދުމަކީ އެކަމުގެ ސަބަބުން އެމީހަކަށް މި ދުނިޔޭގައި އަދި އާޚިރަތުގައިވެސް ގެއްލުމާއި ހަލާކު ލިބޭނެކަމެވެ.
ކިތަންމެ ކުޑަ ނަމަވެސް މީހެއްގެ ޙައްޤެއް އަތުލުމަކީ ވަރަށް ބޮޑު ކަމެކެވެ. އެކަމުގެ ސަބަބުން ޤިޔާމަތްދުވަހު ސުވަރުގެ ނުވަދެވި ހުންނަން ޖެހިދާނެއެވެ. އެހެންމީހުންގެ ޙައްޤުތައް ކަނޑަމުން ކަނޑަމުން ގޮސް ތިމާގެ ހެޔޮކަންތައްތައް ހުސްވެދާނެއެވެ. މިދުނިޔެ މަތީގައި މިވެނި އެވެނި މީހެއްގެ އެވެނި މިވެނި އެއްޗެއް އަތު ނުލެވުނު ނަމައޭ، މިވެނި އެވެނި ދަޢުވާއެއް ނުކުރެވުނު ނަމައޭ، އޭރުން ހިތަށް އަރާނެއެވެ. އެހެންނަމަވެސް އެދުވަހުން ކުރާނެ އެއްވެސް ކަމެއް ނޯންނާނެއެވެ.
އިސްލާމްދީން، ރިވެތި އަޚްލާޤު އަމިއްލަ މަޞްލަޙަތުގެ މައްޗަށް އިސްކުރެއެވެ. އެކަމުގެ ޘަވާބު ބޮޑު ވެގެންވެއެވެ. އަދި އެއީ ހެޔޮކަމުގެ މީޒާނަށް ބަރުވެގެންވާ އެއްޗެކެވެ. ދުލުން ބުނެވޭ ހިތްހެޔޮކަމުގެ ބަހަކީ ވެސް މުދަލުން ކުރެވޭ ޞަދަޤާތެއްގެ ދަރަޖަ ލިބިގެންވާ ކަމެއްކަމުގައި ލައްވާފައިވަނީ އެހެންވެއެވެ. މީސްތަކުންނަށް އުނދަގޫ ނުކުރުމާއި ދަތިވެދާނެހާ ކަމަކުން ދުރުވުމަކީވެސް ޞަދަޤާތެކެވެ.
މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.
(…وَقُولُوا لِلنَّاسِ حُسْناً…) [البقرة: 83]
“…ތިޔަބައިމީހުން މީސްތަކުންނަށް ރިވެތި ބަސް ބުނާށެވެ…”
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
((المسْلِمُ مَنْ سَلِمَ المسْلِمُونَ مِنْ لِسَانِهِ وَيَدِهِ)) [حديث صحيح رواه البخاري ومسلم وغيرهما بألفاظ مختلفة]
މާނައީ: “މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ.”
ގުޅުން ހުރެދާނެ ލިޔުން
ފަހުވަގުތު ހާމިދު ޖަހައިދިން ގޯލުން ފިއްލަދޫ އަތުން މޮޅު އިހަވަންދޫ އުންމީދު އާކޮށްފި
3 - އޮކްޓޯބަރު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް: މިއަދު އިހަވަންދޫ ނުކުންނާނީ ފިއްލަދޫއާ ދެކޮޅަށް
3 - އޮކްޓޯބަރު - 2026
އަލަށް ގޯތިދިން ސަރަހަށްދާއި، ރަށް ވަށައިގެން މަގުބައްތި ޖަހަނީ!
1 - އޮކްޓޯބަރު - 2026
އޯޕަން ސްޓޭޖް ގޯތި ތެރޭގައި މައިޒާނެއް ހަދައިދޭނެ ފަރާތެއް ހޯދަނީ
1 - އޮކްޓޯބަރު - 2026
ފުރަތަމަ މެޗުން މޮޅުވެ، އިހަވަންދޫ ޓީމަށް ހިންހަމަޖެހުން!
29 - ސެޕްޓެމްބަރު - 2026
ޒޯންބުރުގައި އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗްގައި މިއަދު ހަނިމާދޫއާ ދެކޮޅަށް!
29 - ސެޕްޓެމްބަރު - 2026
ފިޝަރީސް ކޮމްޕްލެކްސް އަދި އައިސް ޕްލާންޓްގެ މަސައްކަތް އެތިއޯންއާ ހަވާލުކޮށްފި
28 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ފަހަތުންއަރައި އެންވީކޭ ޗެމްޕިއަންކަން ހޯދައިފި
27 - ސެޕްޓެމްބަރު - 2026
ކައުންސިލް ކަޕް ވޮލީ މުބާރާތް 2026: ޖަންގަލް އަދި އެންވީކޭ ގެ ފައިނަލެއް
26 - ސެޕްޓެމްބަރު - 2026
މޯލްޑިވްސް ޖޫނިއަރ ލައިފްގާރޑު ޕުރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި – 2027 ވަނަ އަހަރަށް ޕާޓްނަރުން ހޯދުމުގެ މަސައްކަތް އަމްފާ އިން ފަށައިފި
24 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް