ހއ. މޮޅަދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އަދި ވިންދު އެސޯސިއޭޝަން ގުޅިގެން ބާއްވާ "ޓާޓަލް ވޮލީ ޓޯނަމެންޓް" (ޓީވީޓީ) އަދި "ޓާޓަލް ފުޓްސަލް ޓޯނަމެންޓް" (ޓީއެފްޓީ) ގެ ފައިނަލަށް އެމްއެސްއާރު އަދި އަދި އައްޑަ އެފްސީ ދަތުރުކޮށްފިއެވެ.
މިމުބާރާތްތަކުގެ ފައިނަލަށް އެ ދެޓީމް ދަތުރުކުރީ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ. އެ ދެ ޓީމްވެސް ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސްވަނީ މޮޅުވެފައެވެ. "ޓާޓަލް ވޮލީ ޓޯނަމެންޓް" (ޓީވީޓީ) އަދި "ޓާޓަލް ފުޓްސަލް ޓޯނަމެންޓް" (ޓީއެފްޓީ) ގައި ކޮންމެ މުބާރާތެއްގައިވެސް ބައިވެރިވެފައިވަނީ 3 ޓީމެވެ. އެގޮތުން ޓާޓަލް ފުޓްސަލް ޓޯނަމެންޓުގައި ބައިވެރިވެފައިވަނީ ޔަންގް ބްލަޑް، އައްޑަ ޖޭއާރު އަދި އައްޑަ އެފްސީއެވެ. އަދި ޓާޓަލް ވޮލީ ޓޯނަމެންޓުގައި ވާދަކުރަނީ ވެލޯރާ، ސްޕައިކަރސް އަދި އެމްއެސްއާރު އެވެ.
"ޓާޓަލް ވޮލީ ޓޯނަމެންޓް" ގެ ގްރޫޕް ސްޓޭޖުން އެއްވަނަ ޓީމެއްގެ ގޮތުގަައި އެމްއެސްއާރު ފައިނަލުން ޖާގަ ހޯދިއިރު، ފައިލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ މިއަދު ހަވީރު ވެލޯރާ އަދި ސްޕައިކަރ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަށެވެ. "ޓާޓަލް ފުޓްސަލް ޓޯނަމެންޓް" (ޓީއެފްޓީ) ގެ ފައިނަލުން އައްޑަ އެފްސީ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު އެޓީމާއި ދެކޮޅަށް ފައިނަލުގައި ކުޅޭނެ ޓީމެއް އިނގޭނީީ މިރީ އައްޑަ ޖޭއާރު އަދި ޔަންގް ބްލަޑް ބައްދަލުކުރާމެޗްގެ ނަތީޖާއިންނެވެ.
މޮޅަދޫގައި ކުރިޔަށްދާ މި މުބާރާތްތަކުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް