ކުޅިވަރު ޚަބަރު

މޮޅަދޫ ކައުންސިލް ޓީވީޓީ އަދި ޓީއެފްޓީ މުބާރާތް ފޯރިއާއެކު ފެށިގެން ކުރިޔަށް

މޮޅަދޫ ކައުންސިލް ޓީވީޓީ އަދި ޓީއެފްޓީ މުބާރާތް ފޯރިއާއެކު ފެށިގެން ކުރިޔަށް
Advertisement Advertisement


ހއ. މޮޅަދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އަދި ވިންދު އެސޯސިއޭޝަން ގުޅިގެން ބާއްވާ "ޓާޓަލް ވޮލީ ޓޯނަމެންޓް" (ޓީވީޓީ) އަދި "ޓާޓަލް ފުޓްސަލް ޓޯނަމެންޓް" (ޓީއެފްޓީ) ފޯރިއާއެކު ފެށިގެން ކުރިޔަށް އެބަދެއެވެ.

މި ދެ މުބާރާތަކީ ވެސް ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމާއި، ކުޅިވަރުގެ ރޫޙު އާލާކޮށް، ޒުވާނުންނާއި އަންހެނުންގެ ކުޅިވަރުގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ ދެ މުބާރާތެވެ. މި މުބާރާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 13 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއިން ކޮންމެ މުބާރާތެއްގައި ވެސް 3 ޓީމު ވާދަކުރެއެވެ. އެގޮތުން ޓާޓަލް ފުޓްސަލް ޓޯނަމެންޓުގައި ބައިވެރިވެފައިވަނީ ޔަންގް ބްލަޑް، އައްޑަ ޖޭއާރު އަދި އައްޑަ އެފްސީއެވެ. އަދި ޓާޓަލް ވޮލީ ޓޯނަމެންޓުގައި ވާދަކުރަނީ ވެލޯރާ، ސްޕައިކަރސް އަދި އެމްއެސްއާރު އެވެ.

މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުތަކަށް ބަލާއިރު، ވޮލީ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެލޯރާ އަދި ސްޕައިކާސް އެވެ. ފޯރިގަދަ ކުޅުމަކަށްފަހު 3-2 ސެޓުން މި މެޗު ކާމިޔާބުކުރީ ސްޕައިކާސް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ސްޕައިކާސް ޓީމުގެ އާމިނަތު ސުނައިޒާއެވެ.

މީގެއިތުރުން ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޔަންގް ބްލަޑް އަދި އައްޑަ އެފްސީއެވެ. މި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އައްޑަ އެފްސީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޮޅު ކުޅުމެއް ދެއްކި އައްޑަ އެފްސީގެ މުޙައްމަދު ޒަޔާން އަޙްމަދެވެ.

މޮޅަދޫގައި ކުރިޔަށްދާ މި މުބާރާތްތަކުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް