ހއ މޮޅަދޫ ސިއްޙީމަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތްފަށުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން ސިއްޙީމަރުކަޒުގެ ލެބޯރެޓަރީ ހެލްތް ސެންޓަރުން ބޭރުގައި އަމިއްލަ މީހެއްގެ ގޭގައި ގާއިމްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.
އެގޮތުން މޮޅަދޫ ސިއްޙީމަރުކަޒުގެ ލެބޯރެޓަރީ ހެލްތް ސެންޓަރުން ބޭރުގައި އަމިއްލަ މީހެއްގެ ގޭގައި އަމިއްލަ ތަކެތީގައި ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްހޯދުމަށް މިހާރުވަނީ އިއުލާންކޮށްފައެވެ.
ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މިއަހަރުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތް 76 ރަށެއްގައި އެ ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ ބާރުސްޕީޑެއްގައި މަސައްކަތް ކުރަމުންނެވެ. ހއ. އަތޮޅުގެ ތިން ރަށް ކަމަށްވާ މާރަންދޫ، އުތީމު އަދި ވަށަފަރު ހެލްތް ސެންޓަރުގައި ލެބޯޓަރީގެ ހިދުމަތް މިއަހަރު މާރިޗްމަހު ވަނީ ފަށައިފައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް