އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް: މިއަދު އިހަވަންދޫ ނުކުންނާނީ ފިއްލަދޫއާ ދެކޮޅަށް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ތައާރަފްކޮށްގެން ބާއްވާ "އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގެ ޒޯން ބުރުގައި އިހަވަންދޫ ކުޅޭ 3 ވަނަ މެޗްގައި މިއަދު ފިއްލަދޫއާ ދެކޮޅަށް ނުކުންނާނެއެވެ. ހދ. ނައިވާދޫގައި ކުޅޭ މިމެޗް ފަށާނީ މިއަދު ހަވީރު 16:45 ގައެވެ. އަމިއްލަ ބާރުގައި ފައިނަލަށް ދަތުރުކުރުމަށް މިމެޗުން މޮޅުވުން އިހަވަންދޫ އަށް މަޖުބޫރު ވާނެއެވެ. މި ދެ ޓީމް އަތޮޅު ރައުންޑްގައި ކުޅުނު މެޗުން ފަސޭހަ ކަމާއިއެކު އިހަވަންދޫ ވަނީ މޮޅުވެފައެވެ.