ޚަބަރު ކުޅިވަރު

ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް ހއ އަތޮޅަށް ހުޅުވާލައިފި!

ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް ހއ އަތޮޅަށް ހުޅުވާލައިފި!
Advertisement Advertisement

އިހަވަންދޫ ކައުންސިލުން ބާއްވަމުން އަންނަ، ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިފިއެވެ. މިއީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ. 

މިއަހަރުގެ މުބާރާތުގައި، އިހަވަންދޫއިން ބައިވެރިވެވެނީ އިހަވަންދޫގެ ޓީމް ތަކަށެވެ. އިހަވަންދޫގެ މުއައްސަސާތަކާއި، ކުލަބް ޖަމިއްޔާތަކަކަށް ބައިވެރިއެއް ނުވެވެއެވެ. އިހަވަންދޫ ފިޔަވާ ހއ އަތޮޅުގެ އެހެން ރަށްތަކަށް މިމުބާރާތުގައި، ބައިވެރިވެވެނީ ކުލަބް ޖަމިއްޔާތަކާއި، ސަރުކާރު މުއައްސަސާ ތަކުގެ ނަމުގައެވެ. 

މިމުބާރާތުގައި ޓީމްތައް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ، އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހެވެ. މިމުބާރާތުގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިން ޓީމް ލިސްޓްގައި ނުހިމެނޭއިރު، ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު ދިވެހި އެއް ކުޅުންތެރިޔަކު ހިމެނުމުގެ ފުރުސަތުވަނީ ދީފައެވެ. 

އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ ހުރަވީ އައުޓްޑޯ ވޮލީ ކޯޓްގައެވެ. މިމުބާރާތުގެވެސް އެއްވަނަ ޓީމަށް 30،000ރ އަދި ދެވަނަ ޓީމަށް 10،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. 

ކައުންސިލް ކަޕް ވޮލީ މުބާރާތް 2025 ގެ ޗެމްޕިއަން ޓީމަކީ ޔުނައިޓެޑް ޔޫތް އެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް