އިހަވަންދޫ ކައުންސިލުން ބާއްވާ، ކައުންސިލް ކަޕް ފިރިހެން ވޮލީ މުބާރާތް 2026 ގައި، ހއ އަތޮޅުގެ 3 ރަށަކުން 5 ޓީމެއް ބައިވެރިވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތުގައި ވާދަކުރަނީ އިހަވަންދޫއަށް ނިސްބަތްވާ 3 ޓީމަކާއި، ދިއްދޫ އަދި އަދި މޮޅަދޫއިން ކޮންމެ ރަށަކުން އެއް ޓީމެވެ. އިހަވަންދޫއިން މިމުބާރާތުގައި ވާދަކުރަނީ ޑިފެންޑިންގ ޗެމްޕިއަން ޔުނައިޓެޑް ޔޫތް، އެންވީކޭ އަދި ޖަންގަލްއެވެ. މޮޅަދޫއިން ޓީމް މޮޅަދޫ އަދި ދިއްދޫ އިން މިމުބާރާތުގައި ވާދަކުރަނީ ދިއްދޫ ބާރަލާ ސްޕޯރޓްސް ކްލަބެވެ. ކުރިން މިމުބާރާތުގައި ބައިވެރިވެވެނީ އިހަވަންދޫގެ ޓީމް ތަކަށް އެކަންޏެވެ. މިއީ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހއ. އަތޮޅުގެ ރަށްތަކަށް ހުޅުވައިލި ފުރަތަމަ ފަހަރެވެ.
މިހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވަނީ ހުރަވީ އައުޓްޑޯ ވޮލީ ކޯޓްގައެވެ. މިމުބާރާތުގެވެސް އެއްވަނަ ޓީމަށް 30،000ރ އަދި ދެވަނަ ޓީމަށް 10،000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް