ޚަބަރު ކުޅިވަރު

ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި

ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގުގެ ޗެމްޕިއަންކަން ފެނަކަ ހޯދައިފި
Advertisement Advertisement

ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިން ކުރިޔަށް ގެންދިޔަ، ހޯރަފުށި ޑަބްލިޔުޑީސީ ކަނބަލުންގެ ވޮލީ ލީގު 2026 ގެ ޗެމްޕިއަންކަން ޓީމް ފެނަކަ ހޯދައިފިއެވެ. 

މިމުބާރާތުގެ ޗެމްޕިއަންކަން ފެނަކަ ހޯދީ، ހޮނިހިރު ދުވަހުގެރޭ ހޯރަފުށީ ވޮލީ ކޯޓްގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި 3 ސެޓް 1 ސެޓް އިން ހޯރަފުށި ޕޮލިސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ.  ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޓީމް ފެނަކަ ޓީމްގެ، އައިޝަތު ވަހީދާއެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވެސް ހޮވިފައިވަނީ ޓީމް ފެނަކައިގެ އައިޝަތު ވަހީދާއެވެ.

މިމުބާރާތުގައި ވާދަކުރީ 3 ޓީމެވެ. އެއީ ޓީމް ފެނަކަ، ހޯރަފުށި ޕޮލިސް ކްލަބް އަދި ހޯރަފުށި އެއަރޕޯރޓްގެ ޓީމެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރު ވާދަކޮށް، އެންމެގިނަ ޕޮއިންޓް ލިބުނު ޓީމް ފެނަކަ އަދި ހޯރަފުށި ޕޮލިސް ކްލަބް ފައިނަލަށް ދަތުރުކުރިއެވެ. 

މިމުބާރާތުގެ ދެވަނަ ޓީމް ހޯރަފުށި ޕޮލިސް ކްލަބަށް 3000ރ ގެ ފައިސާގެ އިނާމެއް ދިންއިރު، ޗެމްޕިއަން ޓީމް ފެނަކައަށް 5000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

ކޮމެންޓް

އަދި ކޮމެންޓެއް ނެތް