ހއ. ހޯރަފުށީގައި ހުންނަ ހއ އަތޮޅު ސްކޫލްގެ 2024 ވަނަ އަހަރު ސާނަވީ މަރުހަލާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް މަރިޔަމް ބިންތި އަލީ މަމްދޫހް ހޮވިއްޖެއެވެ.
މަރިޔަމް ބިންތި އަލީ މަމްދޫހް ވަނީ ކެމްބްރިޖްގެ އައި.ޖީ.ސީ.އެސް.އީ އިމްތިހާނުން އެކައުންޓިންގެ މާއްދާއިން ދިވެހި ރާއްޖެއިން އެއްވަނަ އަދި ދުނިޔެއިން 7 ވަނަ ހޯދާފައެވެ. އަދި ސާނަވީ ތައުލީމު ނިންމާ އިމްތިހާނު ތަކުން ޤައުމީ ފެންވަރުގެ އެންމެ މޮޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 2 ވަނަ ހޯދާފައެވެ.
2024 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކައުޓަށް ހޮވުނީ އާލް އަހްމަދުއެވެ. 2024 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ ރަނގަޅު ގައިޑަށް ހޮވުނީ މަރިޔަމް ޔަނާލް މުހައްމަދުއެވެ.
ހއ އަތޮޅު ސްކޫލްގެ 2024 ވަނަ އަހަރުގެ ޖަލްސާ ބާއްވާފައިވަނީ ރޭ ހޯރަފުށީ ސްކޫލްގެ ހޯލްގައެވެ. މިއީ ސަރުކާރުން ހިންގަމުންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން އެ ހޯލް އޭސީ ކުރިފަހުން ބޭއްވި މިފަދަ ފުރަތަމަ ރަސްމިއްޔާތެވެ. ރޭގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަހްމަދު މުހައްމަދެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް