ޚަބަރު ކުޅިވަރު

ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!

ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
Advertisement Advertisement

ހއ.ހޯރަފުށީ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ "ހޯރަފުށީ ކައުންސިލް ކަޕް 2026" ގެ ފުރަތަމަ މެޗުގައި އެފްސީ ފްރިގޭޓަރ ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ. 

އެފްސީ ފްރިގޭޓަރ ޔަންގް އާއި ވާދަކޮށް އެފްސީ ފްރިގޭޓަރ މިމެޗުން މޮޅުވީ 10-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި އެފްސީ ފްރިގޭޓަރ އަށް ގޯލްތައް ޖަހައިދިނީ އަލްސަން، ނަސީމް، އަބްދުލް ރަޝީދު އަދި ރިޒްހާންއެވެ. އަލްސަން އެއްގޯލް ޖަހައިދިންއިރުމ ނަސީމް އެޓީމަށް 2 ގޯލް ޖަހައިދިނެވެ. އަބުދްރަޝީރު 3 ގޯލް ޖެހިއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ރިހްޒާން އެޓީމަށް ރޭގެ މެޗްގައި 4 ގޯލް ޖަހައިދިނެވެ. 

މިމަހުގެ 13 އިން 26 ކުރިޔަށްދާ މިމުބާރާތުގައި 5 ޓީމެއް ވާދަކުރެއެވެ. އެއީ ދަންމަރު ޔުނައިޓެޑް، 22 ސްޕޯޓްސް ކްލަބް، އެފްސީ ފްރިގޭޓަރ، ހޯރަ 22 އެފްސީ އަދި ފްރިގޭޓަރ ޔަންގް އެވެ. މި މުބާރާތުގެ ޗެންޕިއަން ޓީމަށް 60000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފަވާއިރު ދެ ވަނަ އަށް އަންނަ ޓީމަށް ދެނީ 25000 ރުފިޔާ އެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް