ޚަބަރު ކުޅިވަރު

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ތައާރަފްކޮށްގެން ބާއްވާ "އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް" ގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ތަމްސީލްކުރާ  ޖޭ ސްޕޯރޓްސް އެކަޑަމީއިން ހޯދައިފިއެވެ. އިހަވަންދޫއިން މިމުބާޜާތުގެ ހއ އަތޮޅުބުރުގެ ޗެމްޕިއަންކަން ހޯދީ މިރޭކުޅުނު ފައިނަލް މެޗްގައި 5-0 އިން ފިއްލަދޫ ބަލިކޮށްގެންނެވެ. 

މިރޭގެ މެޗްގައި އިހަވަންދޫ ޓީމަށް ގޯލްތައް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަޙްމަދު އެލްސައީދުގެ އިތުރުން މުހައްމަދު ސާނިއުއެވެ. މިރޭގެ މެޗްގައި  އެލްސައީދު 3 ގޯލް ޖަހައި ހެޓްރިކް ހެދިއިރު، ޝާނިއުވަނީ 2 ގޯލް ޖަހައިފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށްވެސް ހޯވުނީ އިހަވަންދޫ ޓީމްގެ  އަޙްމަދު އެލްސައީދެވެ.

މި މެޗުން މޮަޅުވެ އިހަވަންދޫއިން އަތޮޅު ޗެމްޕިއަންކަން ހޯދުމުން، މެޗަށްފަހު އެޓީމާ ވަނީ ޗެމްޕިއަން ޝީލްޑް ވެސް ހަވާލުކޮށްފައެވެ. މިމުބާރާތުގައި މި ދެޓީމް ދެން ވާދަކުރާނީ ޒޯން ބުރުގައެވެ.

އަޔާން