ޚަބަރު

އަލީ ރަމީޒު ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި

ހއ. އިހަވަންދޫ އެންދެރިމާގެ އަލީ ރަމީޒް، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޔޫތް އެސޯސޮއޭޓްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފިއެވެ. އެ މަގާމަށް އެބޭފުޅާ  އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަލީ ރަމީޒް މިމަގާމަށް އައްޔަން ކުރައްވާފައިވަނީ 27 އޭޕްރީލް 2022 ގައެވެ. އަލީ ރަމީޒްވަނީ ލޯކަލް ކައުންސިލްތަކުގެ އެކިއެކި އިންތިހާބީ މަޤާމްތަކުގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އިހަވަންދޫ ކައުންސިލްގެ މެމްބަރު ކަމާއި، ނައިބް ރައީސްކަން ކުރައްވާފައިވެއެވެ. ޔޫތް އެސޯސިއޭޓުން މަސައްކަތްކުރަނީ އާނމުކޮށް އެރަށެއްގައިހުންނަ ޒުވާނުންގެ މަރުކަޒުގައެވެ. އިހަވަންދޫގެ ޒުވާނުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މިހާރު ކުރިޔަށްދަނީ އެއިމާރާތުގެ ފައުންޑޭޝަނުގެ މަސައްކަތެވެ.
މުޙައްމަދު އަކުރަމް