ހުޅުވިތާ 6 މަސް ނުވާ، ކޮމިއުނިޓީ ސެންޓަރަށް ފެންވަދެ ގެއްލުންވެއްޖެ!
މިއަދިޔަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހު ހުޅުވި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވިތާ 6 މަސް ނުވަނީސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ކޮމިއުނިޓީ ސެންޓަރަށް އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ، ސެންޓަރުގެ ތެރެއަށް ފެން ލީކުވުމުގެ ސަބަބުންނެވެ. އެގޮތުން ލިބިފައިވާ ގެއްލުމުގެ ތެރޭގައި ކޮމިއުނިޓީ ސެންޓަރުގެ ސީލިންގުގެ އެކިހިސާބުތަކަށް ފެނުގެ އަސަރުކޮށް ގެއްލުންވުމާއި ފެނުގެ އަސަރުކުރުމުގެ ސަބަބުން އެތެރޭގައި ޖަހާފައިވާ ޕުޓީ ނެއްޓި ފާރާއި ވަކިވެފައިވުން ހިމެނެއެވެ. މީގެއިތުރުން އިމާރާތުގެ އެކި ހިސާބުތަކުގައި ރެނދު ލާފައިވާކަންވެސް ފާހަގަކުރެވެއެވެ.
ކޮމިއުނިޓީ ސެންޓަރުގެ ހާލަތާއިމެދު ސުވާލުކުރުމުން، އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސަބާޙް ވިދާޅުވީ، މިނިސްޓްރީއިން (ޔޫތް މިނިސްޓްރީއިން) ހުރި މަރާމާތުތައް ބެލުމަށް އަންގާފައިވާކަމުގައެވެ. ސޮބާޙް އިތުރަށް ވިދާޅުވީ، ކައުންސިލާއި ސެންޓަރު ހަވާލުވިއިރު ހުރި މަރާމާތުގެ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމުގައެވެ.
އިހަވަންދޫ އިޖްތިމާއީ މަރުކަޒު ހުޅުއްވައި ދެއްވީ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލީހް އިހަވަންދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި 19 ޖުލައި 2023 ގައެވެ. ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ޔޫތް މިނިސްޓްރީއިން ކުރިން މިނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ދިންގޮތުގައި އިހަވަންދޫގައި އިމާރާތްކޮށްފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 4769741.15 (ހަތަރު މިލިއަން ހަތްސަތޭކަ އޮނަފަންސާސްހާސް ހަތްސަތޭކަ އެކާޅީސް ރުފިޔާ ފަނަރަ ލާރި) އަށެވެ.
ކޮމިއުނިޓީ ސެންޓަރު އިމާރާތް ކުރަމުން ދިޔައިރުވެސް، އަދި އިމާރާތްކޮށް ނިމުނު ފަހުންވެސް، އެތަން އިމާރާތްކުރުމުގެ ފެންވަރު ދަށްކަމަށާއި ތަނުގެ ޑިޒައިން ކަމުނުދާކަމަށްބުނެ އިހަވަންދޫ ކައުންސިލް މެމްބަރު އަޙްމަދު ރިޟްވާން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިހަވަންދޫ ކައުންސިލް
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް
ޒުވާނުންގެ މަރުކަޒު
ގުޅުން ހުރެދާނެ ލިޔުން
ޕޮލިސް ސްޓޭޝަން، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަޅަން ބިން ކަނޑައަޅައިފި!
8 - އޭޕްރީލް - 2025
އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
30 - މާރިޗު - 2025
އަޒުހާރާ، ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރައްވައިފި
6 - މާރިޗު - 2024
ރިޝްފާން ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި
16 - ފެބްރުއަރީ - 2024
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް އެއްލައްކަ ރުފިޔާގެ އެހީތެރިކަން ދޭން ކައުންސިލުން ނިންމައިފި
27 - ސެޕްޓެމްބަރު - 2023
ފުޓްސަލް ދަނޑުގައި ވޮލީކޯޓް ޖަހަނީ ކައުންސިލުން ފާސްކޮށްގެނެއްނޫން
22 - މޭ - 2022
އަލީ ރަމީޒު ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި
19 - މޭ - 2022
ޒުވާނުންގެ މަރުކަޒުއަޅަން ހުރަވީ ދަނޑުން ބިންދޭން ނިންމައިފި
16 - ޑިސެމްބަރު - 2021
ފުޓުސަލް ދަނޑު ބަންދު ކޮށްފި
1 - ޑިސެމްބަރު - 2021
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް