"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް އެއްލައްކަ ރުފިޔާގެ އެހީތެރިކަން ދޭން ކައުންސިލުން ނިންމައިފި
"ކާފަމާމަ މައިޒާން" ނުގެ ނަމުގައި މައިޒާނެއް ހެދުމަށް އެހީތެރިވުމަށް ކްލަބް ޕޯލްސްޓަރއަށް، 100،000 (އެއް ލައްކަ) ރުފިޔާގެ އެހީތެރިކަން ދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން އެގޮތަށް ނިންމީ، އެކަމުގައި އެހީތެރިކަން ހޯދުމަށް ކްލަބް ޕޯލްސްޓާރއިން އިހަވަންދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާއިމެދު މަޝްވަރާކުރުމަށްފަހު އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 119 ވަނަ ޖަލްސާގައެވެ.
“ކާފަމާމަ މައިޒާން” ނުގެ ނަމުގައި މައިޒާނެއް ހަދަން ކްލަބް ޕޯލްސްޓާއިން ކުރަމުންދާ މަސައްކަތަށް 380،000ރ ހަރަދުވާނެކަމަށް އެކުލަބުން އަންދާޒާ ކުރެއެވެ. ރަށްރަށުގައި މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހުޅުވާލި ފުރުޞަތުގެ ދަށުން ކްލަބް ޕޯލްސްޓަރއިން “ކާފަމާމަ މައިޒާން” ހެދުމަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކޮށްފައިވާތީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިންވެސް ވަނީ އެ ޕްރޮޖެކްޓަށް 241،000 (ދެލައްކަ ސާޅީސް އެއްހާސް) ރުފިޔާގެ މާލީ އެހީތެރިކަމެއް ދިނުމަށް ނިންމާފައެވެ.
ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއު ވިދާޅުވީ މިމަސައްކަތަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި އެގޮތުން ބައެއް ޕްރޮޕޯސަލްތައް ހުށަހަޅާފައިވާއިރު ބައެއް ވިޔަފާރިވެރިންނާވެސް ވާހަކަދައްކަމުން އަންނަކަމުގައެވެ. ސުޖާއު ވިދާޅުވީ ޕާކްގެ މަސައްކަތް މިމަސް ނިމޭހިސާބުގައި ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމުގައެވެ.
ކްލަބް ޕޯލްސްޓަރ އަކީ އިހަވަންދޫގައި ހަރަކާތްތެރިވަމުންއަންނަ އެންޖީއޯ އެކެވެ. އެޖަމިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ 29 ޖުލައި 1999 ގައެވެ. ކްލަބް ޕޯލްސްޓަރއަށް އަންނަ އަހަރު 25 އަހަރު ފުރޭނެއެވެ.
އިހަވަންދޫ ކައުންސިލް
ކުލަބު ޕޯލްސްޓަރ
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް
ކާފަމާމަ މައިޒާން
ގުޅުން ހުރެދާނެ ލިޔުން
ކާފަ މާމަ މައިޒާން ތަރައްޤީ ކުރުމަށް ބިންހަވާލުކޮށް ކައުންސިލުން ދޭން ނިންމާފައިވާ އެހީ ހަވާލުކޮށްފި
7 - މޭ - 2024
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
އިހަވަންދޫގެ މިއަހަރުގެ ބޮޑު ޢީދު: ކައުންސިލާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ބާއްވަނީ
29 - އޭޕްރީލް - 2026
ޕޮލިސް ސްޓޭޝަން، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އަދި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަޅަން ބިން ކަނޑައަޅައިފި!
8 - އޭޕްރީލް - 2025
އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
30 - މާރިޗު - 2025
ހުޅުވިތާ 6 މަސް ނުވާ، ކޮމިއުނިޓީ ސެންޓަރަށް ފެންވަދެ ގެއްލުންވެއްޖެ!
9 - ޖެނުއަރީ - 2024
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
"ކާފަމާމަ މައިޒާން" ހަދަން ޕޯލްސްޓަރ އަށް ދެލައްކަ ސާޅީސް އެއްހާސް ރުފިޔާ
14 - ޖޫން - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް