ރިޝްފާން ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި
ހއ. އިހަވަންދޫ ބިޖިލީގޭ މުހައްމަދު ރިޝްފާން، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ، ޔޫތް އެސޯސޮއޭޓްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް އެބޭފުޅާ އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ރިޝްފާން މިމަގާމަށް އައްޔަން ކުރައްވާފައިވަނީ 08 ފެބްރުއަރީ 2024 ގައެވެ. ރިޝްފާން މިމަގާމަށް އައްޔަންކޮށްފައިވަނީ އިހަވަންދޫ އިޖްތިމާއީ މަރުކަޒު ހިންގަވާ ބޭފުޅެއްގެ ގޮތުގައެވެ.
މުޙައްމަދު ރިޝްފާނަކީ އިހަވަންދޫ ކައުންސިލް މެމްބަރ ފާތިމަތު ޝަނީޒާގެ ފިރިކަލުންނެވެ. އިހަވަންދޫ ކައުންސިލްގެ މުނިސިޕަލް މަސައްކަތުގެ ކުނިނެގުމުގައި މަސައްކަތު މީހެއްގެ ވަޒީފާގައި ހުއްޓައި 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ރިޝްފާން ވަނީ، މަސައްކަތަށް ފަރުވާކުޑަކުރުމާއި މަސައްކަތަށް ހާޒިރު ނުވުމުގެ އިތުރުން ކުނިނެގުމުގެ ހިދުމަތް ލަސްވެ ކަސްޓަމަރުންގެ ޝަކުވާލިބޭކަމަށްބުނެ ވަޒީފާއިން ވަކިކޮށްފައެވެ. އެއީ ސިޔާސީ ގޮތުންކުރި ކަމެއްކަމަށްބުނެ އޭރުގެ ކައުންސިލަށް ވަރަށްބޮޑަށް ފާޑުކިޔުން އަމާޒްވިއެވެ.
ރިޝްފާން ފާހަގަކުރެވެނީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެގޮތުން މިހާރުކުރިޔަށްދާ އިމަގު ޣާޒީ ކަޕްގައިވެސް ރިޝްފާން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.
ގުޅުން ހުރެދާނެ ލިޔުން
އަޒުހާރާ، ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރައްވައިފި
6 - މާރިޗު - 2024
އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
30 - މާރިޗު - 2025
ހުޅުވިތާ 6 މަސް ނުވާ، ކޮމިއުނިޓީ ސެންޓަރަށް ފެންވަދެ ގެއްލުންވެއްޖެ!
9 - ޖެނުއަރީ - 2024
ޔޫތްސެންޓަރު އަޅަނީ 11 މިލިއަނަށްކަމަށްބުނާ ވާހަކަ ދޮގުކޮށްފި
21 - ސެޕްޓެމްބަރު - 2022
އަލީ ރަމީޒު ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި
19 - މޭ - 2022
ޔޫތް ސެންޓަރުގެ މަސައްކަތް ފަށައިފި
14 - މާރިޗު - 2022
ޒުވާނުންގެ މަރުކަޒުއަޅަން ހުރަވީ ދަނޑުން ބިންދޭން ނިންމައިފި
16 - ޑިސެމްބަރު - 2021
އިހަވަންދޫގައި ޔޫތް ސެންޓަރެއް އަޅާދޭނެ ބަޔަކު ހޯދަނީ
29 - ނޮވެމްބަރު - 2021
އިހަވަންދޫ ފިޓްނެސް ސެންޓަރުން ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
9 - އޭޕްރީލް - 2026
ހުރަވީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ފަށައިފި..
24 - މާރިޗު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް