ޔޫތްސެންޓަރު އަޅަނީ 11 މިލިއަނަށްކަމަށްބުނާ ވާހަކަ ދޮގުކޮށްފި
އިހަވަންދޫގައި އިމާރާތްކުރަމުންދާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 11 މިލިއަން ރުފިޔާއަށްކަމަށްބުނެ ދައްކާވާހަކަ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ދޮގުކޮށްފިއެވެ.
ޔޫތް މިނިސްޓްރީއިން މިނޫހަށް މައުލޫމާތު ދިންގޮތުގައި އިހަވަންދޫގައި އިމާރާތްކުރަމުންދާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ 4769741.15 (ހަތަރު މިލިއަން ހަތްސަތޭކަ އޮނަފަންސާސްހާސް ހަތްސަތޭކަ އެކާޅީސް ރުފިޔާ ފަނަރަ ލާރި) އަށެވެ. ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި މިހާރު ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބްރު އަހްމަދު އަބުދުﷲގެ ކުންފުންޏެކެވެ.
އިހަވަންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެމަސައްކަތްކުރުމަށް ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް ޔޫތުން ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 14 ވަނަ ދުވަހުއެވެ.
ގުޅުން ހުރެދާނެ ލިޔުން
ޒުވާނުންގެ މަރުކަޒުއަޅަން ހުރަވީ ދަނޑުން ބިންދޭން ނިންމައިފި
16 - ޑިސެމްބަރު - 2021
އިހަވަންދޫގައި ޔޫތް ސެންޓަރެއް އަޅާދޭނެ ބަޔަކު ހޯދަނީ
29 - ނޮވެމްބަރު - 2021
އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
30 - މާރިޗު - 2025
އަޒުހާރާ، ސްޕޯޓްސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރައްވައިފި
6 - މާރިޗު - 2024
ރިޝްފާން ޔޫތް އެސޯސިއޭޓްގެ މަގާމަށް އައްޔަންކޮށްފި
16 - ފެބްރުއަރީ - 2024
އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު
14 - ޖުލައި - 2023
އައުސް "ރަންތާޖު" ގުރުއާން މުބާރާތަށް ހޮވިއްޖެ
25 - ފެބްރުއަރީ - 2023
އިހަވަންދޫއަށް ނިސްބަތްވާ 15 އެންޖީއޯއެއް ޔޫތު މިނިސްޓްރީގެ ދަފުތަރުގައި
29 - އޮކްޓޯބަރު - 2022
ދަނޑުގެ ވަށައިގޮން އޮތް ސަރަހައްދު ސާފުކޮށް ވެލި ޓްރެކެއް ހަދަނީ
23 - އޮކްޓޯބަރު - 2022
އިމަގު ޖަމިއްޔާއާއި ކްލަބް ޕޯލްސްޓަރގެ އަހަރީރިޕޯޓާއި އަހަރީ ހިސާބުތައް އާންމުކޮށްފި
4 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް