ޚަބަރު

އިލެކްޓްރިކަލް ދާއިރާގެ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު

ނޭޝަނަލް ސެޓްފިކެޓް 3 އިލެކްޓްރިކަލް އިންސްޓޯލޭޝަން އެންޑް މެއިންޓެނަންސް ޕްރޮގުރާމެއް ހިލޭ ކިޔެވުމުގެ ފުރުސަތު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ހުޅުވާލައިފިއެވެ. މި ކޯހުގައި އުމުރުން 18 އަހަރުންމަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭއިރު، ކޯހުގެ ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  ހަފުތާ ބަންދުގައެވެ. 4 މަސް ދުވަހުގެ މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް  މޯލްޑިވެސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ޤަބޫލުކުރާ ލެވެލް 3 ސެޓްފިކެޓެއް ލިބޭނެއެވެ. މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަސް ތެރޭގައެވެ. މިކޯހުގައި ބައިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެކުރިން ހުށަހަޅަންޖެހެއެވެ. މިއީ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް ދަށުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އިހަވަންދޫ އިމަގު ޖަމިއްޔާ ގުޅިގެން ކުރިޔަށްގެންދާ ކޯހެކެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް
މުޙައްމަދު އަކުރަމް