ޚަބަރު

ޕްރައިވެޓައިޒޭޝަން ބޯޑްގެ ނައިބަށް ފިރާޟް އައްޔަންކޮށް ރުހުން ހޯދަން ފޮނުވައިފި

ހއ. އިހަވަންދޫ، އާޒާދީބަހާރު މުޙައްމަދު ފިރާޟް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް  އައްޔާން ކުރައްވައިފިއެވެ. ފިރާޟް އެމަޤާމަށް އައްޔަންކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވާފައިވާ މައްސަލަ މިއަދުވަނީ އެޖެންޑާ ކޮށްފައެވެ. ރިޔާސަތުންވަނީ އެމައްސަލަ ދިރާސާކުރުމަށް ސްޓޭޓް އޮއުންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ފޮނުވުމަށް ނިންމާފައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި މިވަގު ތިއްބެވީ 5 މެމްބަރުންނެވެ. އެބޯޑްގެ ރައީސް އަކަށް ހުންނެވީ މުހައްމަދު އާސިމް އެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕިސީބީ ބޯޑަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ. މުޙައްމަދު ފިރާޟް ވަނީ އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލްއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އެބޭފުޅާގެ ހިދުމަތް މިހާރުވެސް ބޮޑަށް ފެނިގެންދަނީ ތައުލީމީ ދާއިރާއިންނެވެ.
މުޙައްމަދު އަކުރަމް