އިހަވަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބަޖެޓްގައި ހިމަނައިފި
އިހަވަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ ދަށުން ހިންގުމަށް ބަޖެޓް ކޮށްފައިވާ އެ މަޝްރޫޢަށް 2024 ވަނަ އަހަރުގެ ބަޖެޓުން 1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު، 2025 ވަނަ އަހަރު 5 މިލިއަން އަދި 2026 ވަނަ އަހަރު 2 މިލިއަން ރުފިޔާ އެމަޝްރޫއުއަށް ހޭދަވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ.
2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު މިމަޝްރޫޢޫ ބަޖެޓްގައި ހިމަނާފައެއް ނުވެއެވެ. މިމަޝްރޫއު ބަޖެޓަށް އިތުރުކުރީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީންނެވެ.
ބެލެވޭގޮތުގައި އިހަވަންދޫގެ ގިރާ ސަރަހައްދުކަމަށް އިޝާރާތް ކޮށްފައިއެވަނީ އިހަވަންދޫގެ ހުޅަނގު ދެކުނު ފަރާތަށެވެ. 2021 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އިހަވަންދޫގެ ހުޅަނގު ދެކުނު ފަރާތުން އާދަޔާ ހިލާފަށް ރަށުތެރެއަށް އުދައަރާ ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ. އެފަހަރުގެ އުދާގައި، އިހަވަންދޫގެ ހުޅަނގު ފަރާތުގައި އިހަވަންދޫ ވަށައިގެން ހަދާފައިވާ މަގު (އިހަވަންދޫ މީހުން ކިޔާގޮތުން ނަމަ “ލިންކް ރޯޑް”) ބޭނުން ނުކުރެވޭވަރަށް ހަލާކުވިއެވެ.
އިހަވަންދޫގެ ބަނދަރު ހެދުމުގެ އިތުރުން އިހަވަންދޫ ހިއްކުމުގެ ޕްރޮޖެކްޓްގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް އިހަވަންދޫގެ ހުޅަނގު ފަރާތުގައި ބޮޑު ހިލަ ތޮށި ޖަހާފައިވާއިރު، ހިމާޔަތް ނުކުރެވި މިހާރު އޮތީ 490 މީޓަރެއް ހާވަރުގެ ސަރަހައްދެކެވެ. އެސަރަހައްދަކީ އަލަށް ދޫކުރި 200 ގެވަޅުވެސް އޮންނަ ސަރަހައްދަށްވާތީ އެސަރަހައްދު ހިމާޔަތްކުރުމަކީ ގިނަ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަމެކެވެ.
ހއ. އިހަވަންދޫ
ރައްޔިތުންގެ މަޖިލިސް
ދައުލަތުގެ ބަޖެޓް
އުދައެރުން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރަނީ
10 - ޑިސެމްބަރު - 2023
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އިހަވަންދޫގައި 300 ހައުސިންގ ޔުނިޓް އަޅަނީ
17 - ޑިސެމްބަރު - 2023
މަޖިލީހުން ފިރާޒަށް ރުހުން ދީފި
7 - ނޮވެމްބަރު - 2022
އަންނަ އަހަރު އިހަވަންދޫގައި 2 މަޝްރޫޢުއެއް އަލަށް ފަށަނީ
31 - އޮކްޓޯބަރު - 2022
ޕްރައިވެޓައިޒޭޝަން ބޯޑްގެ ނައިބަށް ފިރާޟް އައްޔަންކޮށް ރުހުން ހޯދަން ފޮނުވައިފި
12 - އޮކްޓޯބަރު - 2022
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބަޖެޓްގައި ހިމަނައިފި!
28 - ނޮވެމްބަރު - 2021
އުދަ އަރައި ރަށްގިރުމުގެ ސަބަބުން ބައެއް އޮޑިހަރުގެތައް މޫދުތެރެއަށް
12 - ފެބްރުއަރީ - 2020
29 - ނޮވެމްބަރު - 2018
ކޮމެންޓް
އަދި ކޮމެންޓެއް ނެތް