އިހަވަންދޫ މޮނިޓަރިން އަށް ލައިފި
ހއ. އިހަވަންދޫއަށް އަރާފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕުރޮޓެކްޝަން އޭޖެންސީ އިން އިހަވަންދޫ މޮނިޓަރިންގ އަށް ލާފައި މިވަނީ މިދިޔަ ހުކުރު ދުވަހު ދ. ކުޑަހުވަދޫން އިހަވަންދޫއަށް އައި 4 މީހުން ކޮވިޑަށް ފައްސިވެފައިވަނިކޮށް އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު މިރޭ ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.
މިރޭ ކޮވިޑަށް ފައްސިވެފައިވާ 2 މީހުންނަކީވެސް ކުޑަހުވަދޫން އިހަވަންދޫއަށް އައި މީހުންނާ ކޮންޓެކްޓް ވެފައިވާތީ އޯގަސްޓް 14 ވީ ހުކުރު ދުވަހުގެ ރެއިން ފެށިގެން އައިސޮލޭޓު ކޮށްފައިތިބި މީހުންގެ ތެރެއިން 2 މީހުންނެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރު ވެރިޔާ ކޮމިއުނިޓީ ހެލްތު އޮފިސަރ އަލްފާޟިލް މުޙައްމަދު އަކްރަމް މިނޫހަށް މިނޫހަށް މައުލޫމާތު ދެއވަމުން ވިދާޅުވީ ކުޑަހުވަދޫގެ ކުލަސްޓާއާ ގުޅިގެން އިހަވަންދޫގެ 2 ގެއެއް ކަރަންޓީނު ކޮށް، ޖުމުލަ 18 މީހަކު އައިސޮލޭޓު ކޮށްފައިވާ ކަމަށެވެ. މިރޭ ކޮވިޑަށް ފައްސިވި ފަރާތްތަކުގެ ކޮންޓެކްޓް ޓުރޭސިންގް ގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން ވަނީ މިހާލަތުގައި އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތަކުގައި އަމަލުކުރުމަށް އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް ރައްޔިތުން އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން މޮޅުވީ އިރުމަތީ އަވަށް...
2 - މޭ - 2026
އިހަވަންދޫގެ ދެ އަވަށުގެ ދެމެދުގައި މިއަދު މެޗެއް ކުޅެނީ...
1 - މޭ - 2026
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް