ވެމްކޯގެ ބައެއްވާހަކަތައް އިހަވަންދޫ ކައުންސިލުން ދޮގުކޮށްފި
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޚިދުމަތް އިހަވަންދޫގައި ފެށުމާއި ގުޅޭގޮތުން އެކުންފުނިން މިނޫހާއި ހިއްސާކޮށްފައިވާ ބައެއް މައުލޫމާތު، އިހަވަންދޫ ކައުންސިލުން ދޮގޮކޮށްފިއެވެ.
އިހަވަންދޫ ކައުސިލްގެ ރައީސް، އަހްމަދު ސޮބާހް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކައުންސިލުން ވެމްކޯއާ ކުނި މެނޭޖްކުރުން ހަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި، އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވި އެގްރީމެންޓް ޑްރާފްޓް ކުރެވިފައިވީ ނަމަވެސް، އަދި އެގްރީމެންޓްގައި ސޮއި ނުކުރާ ކަމަށެވެ. އަދި ކައުންސިލްގެ އިރުޝާދުގެ ދަށުން ވެމްކޯގެ އެއްވެސް މުވައްޒަފަކު މަސައްކަތް ނުކުރާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި، ވެމްކޯއިން ދީފައިވާ މަޢުލޫމާތުގައި އެ ކުންފުނީގެ ޚިދުމަތް އިހަވަންދޫގައި ފެށުމަށް ތާވަލްކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ. އަދި މިހާރުވެސް އެ ކުންފުނީގެ 3 މުވައްޒަފުން (އެސިސްޓެންޓް މެނޭޖަރަކާއި، ދެ ސްޕަވައިޒަރުން) އިހަވަންދޫގައި ތިބިކަމަށާއި، އެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ އިހަވަންދޫ ކައުންސިލްގެ އިރުޝާދުގެ ދަށުން ރަށުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
އިހަވަންދޫގައި ވެމްކޯގެ އޮފީސް ގާއިމްކޮށް، އިހަވަންދޫ ރަށްވެހިގޭގައި އެކުންފުނީގެ ނަންބޯޑު މިއަހަރުގެ އޭޕްރިލް 13 ވަނަ ދުވަހު ހަރުކުރިއެވެ. ނަމަވެސް އެތަނުގައި ވެމްކޯގެ އެވެސް މަސައްކަތެއް ހިންގާފައެއްނުވެއެވެ. އަދި ފަހުން އެބޯޑްވެސް އެތަނުންވަނީ ނަގައިފައެވެ. އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތްވެސް މިއަހަރުގެ އޭޕްރިލް މަހު، ވެމްކޯއިން ފެށިއެވެ. ނަމަވެސް އެމަސައްކަތް އެއްކޮށް ނިންމައިނުލެވި ވަކިހިސާބަކުންވަނީ ހުއްޓިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
މިހާރު 5 މުވައްޒަފުން އެބަތިބި، ކުނިކޮށި ހަދާނިމުމާއިއެކު އިހަވަންދޫގައި ހިދުމަތް ފަށަން ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓްވަނީ ގެނެވިފައި – ވެމްކޯ
1 - އޮކްޓޯބަރު - 2025
އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!
27 - އޭޕްރީލް - 2025
އިހަވަންދޫގައި ވެމްކޯގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފަށަނީ، އަދިތިބީ 3 މުވައްޒަފުން
20 - ނޮވެމްބަރު - 2024
ކުނިގޮނޑު މައްސަލަ ހައްލުވުމުގެ ކޮޅުމަތި – ވެމްކޯއިން ކުނިގޮނޑު މެނޭޖްކުރަން ޝައުގުވެރިކަން ފާޅުކޮށްފި
15 - އޮގަސްޓު - 2023
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ވެމްކޯ މުވައްޒަފުން އިތުރުވެއްޖެ، މަސައްކަތް ފެށޭނީ ވެހިކަލް ލިބުމުން!
8 - ފެބްރުއަރީ - 2026
ކުނި ގޮނޑުގައި ރޯވެ އަނދަނީ: ރަށުތެރެއަށް ދުމުގެ އަސަރު
3 - ޖެނުއަރީ - 2026
ރައްވެހިހިޔާ އިން ވެމްކޯ ބޭރުކޮށްފި!
30 - ސެޕްޓެމްބަރު - 2025
ވެމްކޯ އިހަވަންދޫ ސައިޓަށް 12 މުވައްޒަފުން ހޯދަނީ
4 - ފެބްރުއަރީ - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް