ވެމްކޯ އިހަވަންދޫ ސައިޓަށް 12 މުވައްޒަފުން ހޯދަނީ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޚިދުމަތް އިހަވަންދޫގައި ދިނުމަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. އެގޮތުން އެކުންފިނުނިން އިއްޔަވަނީ 12 މުވައްޒަފުން ހޯދަން އިއުލާންކޮށްފައެވެ.
އެއީ 2 ޑްރައިވަރުން، 2 ޑިއުޓީ އޮފިސަރުން އަދި 8 ވެށިފާރަވެރިންނެވެ. ޑްރައިވަރަކަށް 12،000ރ ގެ މުސާރަ ދޭއިރު، ޑިއުޓީ އޮފިސަރަކަށް 10،000ރ އަދި ވެށިފާރަވެރިޔަކަށް 9000ރ ގެ މުސާރަ ދޭނެކަމަށް ވެމްކޯއިން ކޮށްފައިވާ އިޢުލާނުގައިވެއެވެ.
ވެމްކޯގެ އޮފީސް ނަންބޯޑް މިދިޔަ އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ހަރުކުރިނަމަވެސް، އެކުންފުނީގެ ޚިދުމަތް ފެށުންލަސްވާތީ، އެކަމާއި މިނޫހުން ސުވާލުކުރުމުން، އެކުންފުނީގެ ހިދުމަތް މިހިނގާ އޭޕްރިލް މަހު ފަށާނެކަމަށް މައުލޫމާތު ދީފައިވެއެވެ. ވެމްކޯއިން އޭރު މައުލޫމާތު ދީފައިވާ ގޮތުގައި، އިހަވަންދޫގައި އެކުންފުނީގެ 3 މުވައްޒަފުން ތިބެއެވެ. އެއީ އެސިސްޓެންޓް މެނޭޖަރަކާއި، ދެ ސްޕަވައިޒަރުންނެވެ. އަދި އެކުންފުނިން އޭރު ބުނެފައިވަނީ އެމުވައްޒަފުން މަސައްކަތް ކުރައްވަމުންދަނީ، އިހަވަންދޫ ކައުންސިލްގެ އިރުޝާދުގެ ދަށުން، ރަށުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައެވެ. ނަމަވެސް ކައުންސިލުންވަނީ ވެމްކޯގެ ވާހަކަ ދޮގުކޮށްފައެވެ.
މިދިޔަމަހު 29 ވަނަ ދުވަހު ވެމްކޯ އަދި ކައުސިލާއި ދެމެދު ބޭއްވި ބައްދަލުވުމަށްފަހު، ކައުންސިލް މެމްބަރު މުހައްމަދު ޒާހިރު ހަސަން ވިދާޅުވެފައިވަނީ އިހަވަންދޫގައި ވެމްކޯގެ 3 މުވައްޒަފުން ތިއްބަވާނަމަވެސް އެމައުލޫމާތު ކައުންސިލަށް ލިބިގެން މިދިޔައީ މިޔަދުކަމުގައެވެ. އަދި އެބޭފުޅާ ވިދާޅުވީ 1 ފެބުރުއަރީން ފެށިގެން އިހަވަންދޫ ކައުންސިލާއެކު، މިވަގުތު ތިއްބެވި 3 މުވައްޒަފުން މަސައްކަތް ކުރާނެކަމުގައެވެ.
އިހަވަންދޫގައި ވެމްކޯގެ އޮފީސް ގާއިމްކޮށް، އިހަވަންދޫ ރަށްވެހިގޭގައި އެކުންފުނީގެ ނަންބޯޑު މިދިޔަ އަހަރުގެ އޭޕްރިލް 13 ވަނަ ދުވަހު ހަރުކުރިއެވެ. ނަމަވެސް އެތަނުގައި ވެމްކޯގެ އެވެސް މަސައްކަތެއް ހިންގާފައެއްނުވެއެވެ. އަދި ފަހުން އެބޯޑްވެސް އެތަނުންވަނީ ނަގައިފައެވެ. އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރުގެ އޭޕްރިލް މަހު، ވެމްކޯއިން ފެށިއެވެ. ނަމަވެސް އެމަސައްކަތް އެއްކޮށް ނިންމައިނުލެވި ވަކިހިސާބަކުންވަނީ ހުއްޓިފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
މިހާރު 5 މުވައްޒަފުން އެބަތިބި، ކުނިކޮށި ހަދާނިމުމާއިއެކު އިހަވަންދޫގައި ހިދުމަތް ފަށަން ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓްވަނީ ގެނެވިފައި – ވެމްކޯ
1 - އޮކްޓޯބަރު - 2025
ރައްވެހިހިޔާ އިން ވެމްކޯ ބޭރުކޮށްފި!
30 - ސެޕްޓެމްބަރު - 2025
އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!
27 - އޭޕްރީލް - 2025
ވެމްކޯގެ ބައެއްވާހަކަތައް އިހަވަންދޫ ކައުންސިލުން ދޮގުކޮށްފި
21 - ނޮވެމްބަރު - 2024
އިހަވަންދޫގައި ވެމްކޯގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފަށަނީ، އަދިތިބީ 3 މުވައްޒަފުން
20 - ނޮވެމްބަރު - 2024
ކުނިގޮނޑު މައްސަލަ ހައްލުވުމުގެ ކޮޅުމަތި – ވެމްކޯއިން ކުނިގޮނޑު މެނޭޖްކުރަން ޝައުގުވެރިކަން ފާޅުކޮށްފި
15 - އޮގަސްޓު - 2023
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް