މިދިޔަ މަޖިލިސް އިންތިހާބާއި ދިމާކޮށް، އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން ފެށިއެވެ. ނަމަވެސް އެމަސައްކަތްވަނީ ވަކިހިސާބަކުން ހުއްޓިފައެވެ. ކުނި ގޮނޑުގައި ރޯވެ އަނދަނީ: ރަށުތެރެއަށް ދުމުގެ އަސަރު
އިހަވަންދޫ ކުނިގޮނޑުގައި ރޯވެ ވަރަށް ބޮޑަށް އަނދަމުން އެބަދެއެވެ. އެކަމުގެ ސަބަބުން އިހަވަންދޫގެ ހުޅަނގު ފަރާތުގައިހުރި ބައެއް ގެތަކަށް ވަރަށްބޮޑަށް ދުމުގެ އަސަރުދަނީ ކުރަމުންނެވެ.
އިހަވަންދޫ ކުނިގޮނޑުގައި ރޯވެ އެނދުމަކީ އާންމު ކަމެކެވެ. ގިނަފަހަރު ކަމާބެހޭ ފަރާތްތަކުން ގޮނޑު ނިއްވުމުގެ މަސައްކަތްކުރަނީ ވައި ހުންނަގޮތުން ރަށުތެރެއަށް ދުމުގެ އަސަރުކޮށް އާމުންނަށް އުނދަގޫ ވާނަމައެވެ.
އިހަވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭން ވެމްކޯއާއި ހަވާލުކޮށްފައި ވާނަމަވެސް، ވެމްކޯގެ މަސައްކަތް ފެށޭނީ ރައްޔިތުންނަށް ޙިދުމަތް ދެވޭ ފެންވަރަށް ކުނިކޮށި އެޅައި ނިމުމުންކަމަށް ވެމްކޯއިން ބުނެއެވެ. 13 އޭޕްރިލް 2024 ވެމްކޯގެ އޮފީސް އިހަވަންދޫގައި ޤާއިމްކޮށް މުވައްޒަފުންނަގާފައި ވީނަމަވެސް ވޭތުވެދިޔަ އެއްއަހަރާއި 8 މަސްތެރޭ އެކުންފުނީގެ މަސައްކަތް އިހަވަންދޫގައި ފެށުމަށް ވެމްކޯވަނީ ނުކުޅެދިފައެވެ. އެކުންފުނީގެ ހިދުމަތް އިހަވަންދޫގައި ފަށާނެކަމަށް އެކުންފުނިން އެތައް ތާރީހުތަކެއް މިހާތަނަށްވަނީ ދީފައެވެ.
މިދިޔަ މަޖިލިސް އިންތިހާބާއި ދިމާކޮށް، އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން ފެށިއެވެ. ނަމަވެސް އެމަސައްކަތްވަނީ ވަކިހިސާބަކުން ހުއްޓިފައެވެ.
މިދިޔަ މަޖިލިސް އިންތިހާބާއި ދިމާކޮށް، އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ވެމްކޯއިން ފެށިއެވެ. ނަމަވެސް އެމަސައްކަތްވަނީ ވަކިހިސާބަކުން ހުއްޓިފައެވެ. ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކުނިގޮނޑުގެ ހާލަތު މިއިންދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެއްޖެ!
11 - މޭ - 2026
ވެމްކޯ މުވައްޒަފުން އިތުރުވެއްޖެ، މަސައްކަތް ފެށޭނީ ވެހިކަލް ލިބުމުން!
8 - ފެބްރުއަރީ - 2026
މިހާރު 5 މުވައްޒަފުން އެބަތިބި، ކުނިކޮށި ހަދާނިމުމާއިއެކު އިހަވަންދޫގައި ހިދުމަތް ފަށަން ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓްވަނީ ގެނެވިފައި – ވެމްކޯ
1 - އޮކްޓޯބަރު - 2025
އާރުޑީސީއިން ހުރަވީ ދަނޑަށްއެޅި ކުނި އެކުންފުނިން ނަގައިފި!
27 - އޭޕްރީލް - 2025
ވެމްކޯގެ ބައެއްވާހަކަތައް އިހަވަންދޫ ކައުންސިލުން ދޮގުކޮށްފި
21 - ނޮވެމްބަރު - 2024
އިހަވަންދޫގައި ވެމްކޯގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފަށަނީ، އަދިތިބީ 3 މުވައްޒަފުން
20 - ނޮވެމްބަރު - 2024
ވެމްކޯއިން އިހަވަންދޫ ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ފަށައިފި
14 - އޭޕްރީލް - 2024
ވެމްކޯއިން އިހަވަންދޫގައި ހިދުމަތް ދޭންފަށަނީ
14 - އޭޕްރީލް - 2024
ކުނިގޮނޑު މައްސަލަ ހައްލުވުމުގެ ކޮޅުމަތި – ވެމްކޯއިން ކުނިގޮނޑު މެނޭޖްކުރަން ޝައުގުވެރިކަން ފާޅުކޮށްފި
15 - އޮގަސްޓު - 2023
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް