ޚަބަރު

ޗައިނާގެ މެޕިން ޕްލެޓްފޯމްތަކުން އިސްރާއީލް ފޮހެލައިފި

ޗައިނާގެ ބޮޑެތި ޓެކް ކުންފުނިތަކުން ހިންގާ އޮންލައިން މެޕިން ޕްލެޓްފޯމްތަކުން އިސްރާއީލުގެ ނަން ފޮހެލެއިފިއެވެ. ޗައިނާގެ އެންމެ ބޮޑު ދެ އިންޓަނެޓް ކުންފުނި ކަމަށްވާ އަލީބާބާ އާއި ބައިޑޫ އިން ހިންގާ އޮންލައިން މެޕްތަކުގައި އިސްރާއީލުގެ ނަން މިހާރަކު ނުފެނެއެވެ. އިސްރާއީލްގެ ސިޓީތަކުގެ ނަންތައް އަދިވެސް އެމެޕްތަކުން ފެންނަން ހުރިއިރު، ސައިޕްރަސް، އުރުދުން އަދި އިރާގު ފަދަ ކައިރީގައިވާ ގައުމުތަކުގެ ނަންތައް ވެސް ފެންނަން އެބަހުއްޓެވެ. މިކަމާބެހޭގޮތުން ބައިނަލްއަގްވާމީ ނޫސްތަކުން އަމާޒްކުރި ސުވާލުތަކަށް މީގެން އެއްވެސް ކުންފުންޏެއް މިހާތަނަށް ޖަވާބުދާރީ ވެފައިނުވާއިރު، މި ދެކުންފުންޏަކީވެސް ޗައިނާ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ހިންގާ ދެ ކުންފުނިކަން ފާހަގަކުރެވެއެވެ.
.