ތިލަދުންމަތީ އުތުރުބުރީ ކެލާގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީ ކުރުމަށްޓަކައި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ކެލާގައި ޒަމާނީ ފެންވަރުގެ ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރެވިގެންދާނެއެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ފަޔާޟްއެވެ. އަދި ޕްރޮކްސީ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާހިދެވެ.
މި މަޝްރޫޢަކީ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް