ހއ. އަތޮޅު ޤުރުއާން މުބާރާތުން ހއ އަތޮޅު ތައުލީމީ މަރުކަޒު އެއްވަނަ ހޯދައިފިއެވެ. މިމުބާރާތުން ދެވަނަ ހޯދާފައިވަނީ ހއ ކެލާގައިހުންނަ މަދަރުސަތުލް ޝެއިހް އިބްރާހިމްއެވެ. އަދި އެމުބާރާތުން 3 ވަނަ ހޯދާފައިވަނީ އިހަވަންދޫ ސްކޫލްއެވެ. މިމުބާރާތުގެ އިނާމްތައް ދީފައިވަނީ އެކަމަށް ހާއްސަކޮށް ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މުބާރާތުން ތިންވަ ހާސިލްކުރި އިހަވަންދޫ ސްކޫލްގެ ދަރިވަރުންވަނީ މުބާރާތުގެ ރަންވަނަތަކެއް ހޯދާފައެވެ. އެގޮތުން މުބާރާތުގެ ދެގޮފި އެއްކޮށް އެއްވަނަ ހޯދާފައިވަނީ އިހަވަންދޫ ސްކޫލްގެ ދަރިވަރު އަޒާ އިބްރާހިމް އަސްލަމްއެވެ. އަދި ދެގޮފި އެއްކޮށް 2 ވަނަ ހޯދާފައިވަނީ އިހަވަންދޫ ސްކޫލްގެ ދަރިވަރު ފާތުމަތު ނަދުވާއެވެ. މީގެ އިތުރުން މުޅިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަޒާ އިބްރާހިމް އަސްލަމް ހޯދާފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހޯދާފައިވަނީވެސް އިހަވަންދޫ ސްކޫލްގެ ދަރިވަރު ފާތުމަތު ނަދުވާއެވެ.
މުބާރާތުން އެކިއެކި ވަނަތައް ހާސިލްކުރި އިހަވަންދޫ ސްކޫލްގެ ދަރިވަރުން:
- ނުބަލާ ކިޔެވުމުގެ ގޮފިން ކީސްޓޭޖް 2 އިން ތިންވަނަ: އިބްރާހިމް އަޔުސް އަޝްރަފް
- ނުބަލާ ކިޔެވުމުގެ ގޮފިން ކީސްޓޭޖް 3 އިން ތިންވަނަ: އަހްމަދު އަހްނަފް އަޝްރަފް
- ބަލައިގެން ކިޔެވުމުގެ ގޮފިން ކީސްޓޭޖް 2 އިން ދެވަނަ: ޔައިޝާ ޔާސިރް އިބްރާހިމް
- ބަލައިގެން ކިޔެވުމުގެ ގޮފިން ކީސްޓޭޖް 2 އިން އެއްވަނަ: އަޒާ އިބްރާހިމް އަސްލަމް
- ބަލައިގެން ކިޔެވުމުގެ ގޮފިން ކީސްޓޭޖް 3 އިން އެއްވަނަ: ފާތުމަތު ނަދުވާ
- މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ: ފާތުމަތު ނަދުވާ
- މުޅިމުބާރާތުގެ ދެގޮފި އެއްކޮށް 2 ވަނަ: ފާތުމަތު ނަދުވާ
- މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ: އަޒާ އިބްރާހިމް އަސްލަމް
- މުޅިމުބާރާތުގެ ދެގޮފި އެއްކޮށް 1 ވަނަ: އަޒާ އިބްރާހިމް އަސްލަމް
ގުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތަށް ހޮވިފައިވާ އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަކީ:
- އަޙްމަދު އަހްނަފް އަޝްރަފް
- އަޒާ އިބްރާހިމް އަސްލަމް
- ފާތުމަތު ނަދުވާ
- ޔައިޝާ ޔާސިރް އިބްރާހިމް
- އިބްރާހިމް އަޔުސް އަޝްރަފް