Live updates
10 Sep 2023, 13:01
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން، އިހަވަންދޫގައި ބެހެއްޓި 3 ވޯޓް ފޮށީގެ ޖުމުލަ ނަތީޖާއިން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރި ހޯދައިފިއެވެ. ޑރ. މުއިއްޒު 743 ވޯޓް ހޯދާފައިވާއިރު، ދެ ވަނައަށްދިޔަ އިބްރާހިމް މުހައްމަދު ސޯލިހްއަށް ލިބުނީ 733 ވޯޓެވެ. ތިންވަނަ އަށް ދިޔަ އިލިޔާސް ލަބީބަށް 73 ވޯޓް ލިބުނުއިރު 4 ވަނައަށްދިޔަ އުމަރު ނަސީރަށް 29 ވޯޓް ލިބުނެވެ.
10 Sep 2023, 00:41
- މުހައްމަދު ނާޒިމް (1 ވޯޓް)
09 Sep 2023, 23:59
ކުޑަ އިރުކޮޅެއްގެ ތެރޭގައި އިހަވަންދޫ 3 ވޯޓް ފޮށި ގުނާ ނިމޭނެކަމަށް ބެލެވެއެވެ.
09 Sep 2023, 22:47
މިރޭގެ ހަމަނުޖެހުމުގައި އިހަވަންދޫ ކައުންސިލް މެމްބަރު އަޙްމަދު ރިޞްވާނަށް ވަރަށްބޮޑަށް އަނިޔާވެގެން އާމިނާދިޔޯ ސިއްޙީމަރުކަޒުގައި ފަރުވާދޭން ފަށައިފި.
09 Sep 2023, 22:40
އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށި ގުނަން ފަށައިފި. އެތެރޭގައި ތިބީ މަދު އަދަދެއްގެ އޮބްޒާވަރުންނާއި މަންދޫބުން. ފުލުހުންވަނީ ބައެއް އޮބްޒާވަރުންނާއި މަންދޫބުން ބޭރުކޮށްފަ.

09 Sep 2023, 22:29
@ihavandhoo.comIhavandhoo 3 No vote foshi gunumugai dhimaavi mahsalaige sababun hamanujehun hingany ♬ original sound - ihavandhoo.com
09 Sep 2023, 21:51
@ihavandhoo.com Baathil vote kanda elhumuga dhimaavi massala hahlunuve kuriya #ihavndhoo ♬ original sound - ihavandhoo.com
09 Sep 2023, 21:18
މައްސަލަޖެހުނު އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށި ގުނަންފަށައިފި، ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ސްޓޭންޑް ބައިގައި އެބަތިބި.

އަދި ވަކި ސަރަހައްދަކުން ފެށިގެން، ފުލުހުންވަނީ ޓޭޕް ދަމާ ބަންދު ކޮށްފައި.

09 Sep 2023, 20:58
އަދިވެސް އިހަވަންދޫގެ 3 ނަންބަރު ފޮށީގެ ވޯޓް ގުނާކަށް ނުފެށެއެވެ.
09 Sep 2023, 20:39
އަދިވެސް 3 ނަންބަރު ވޯޓް ފޮށީގެ މައްސަލަ ހައްލުކުރެވިފައެއްނުވޭ. އެފޮށީގެ ވޯޓް ގުނުން އަވަހަށް ފެށޭނެކަމަކަށް ނުބެލެވޭ.
09 Sep 2023, 20:22
- މުހައްމަދު ނާޒިމް (4 ވޯޓް)
09 Sep 2023, 20:06
އިހަވަންދޫ ގައި ބެހެއްޓި 2 ނަންބަރު ވޯޓް ފޮށީގެ ވަގުތީ ނަތީޖާ:
1. އުމަރު ނަސީރު ( 11 ވޯޓް. )
2 ހަސަން ޒަމީލް ( 0 ވޯޓް. )
3 އިބްރާހިމް މުހަންމަދު ސާލިހް ( 219 ވޯޓް. )
4 ޑރ. މުހަންމަދު މުއިޒް( 288 ވޯޓް. )
5 ގާސިމް އިބްރާހިމް ( 4 ވޯޓް)
6 ފާޜިސް މައުމޫން ( 0 ވޯޓް )
7 އިލިޔާސް ލަބީބް( 26 ވޯޓް. )
މުހައްމަދު ނާޒިމް (4 ވޯޓް)
# ބަތިލް ވޯޓް : 6 ވޯޓް.
*ބައެއް ކެނޑިޑޭޓުންގެ ނަތީޖާ ނުހިމަނަ އެވަނީ ވޯޓް ގުނަމުންދާތީ.
09 Sep 2023, 20:04
- މުހައްމަދު ނާޒިމް (- ވޯޓް)
09 Sep 2023, 19:27
އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށީގައި އުފެދިގެންއުޅޭ ހަމަނުޖެހުން އަދިވެސް ހައްލުނުވޭ. ގޮތެއް ނިންމެންދެން ވޯޓް ގުނުންވަނީ މެދުކަނޑާލެވިފައި.
09 Sep 2023, 19:21
އިހަވަންދޫ ގައި ބެހެއްޓި 1 ނަންބަރު ވޯޓް ފޮށީގެ ވަގުތީ ނަތީޖާ:
1. އުމަރު ނަސީރު - 14 ވޯޓް
2. ހަސަން ޒަމީލް - 0 ވޯޓް
3. އިބްރާހިމް މުހައްމަދު ސޯލިޙް - 273
4. ޑރ. މުހައްމަދު މުއިއްޒު -
5. ޤާސިމް އިބްރާހިމް -
6. ފާރިޝް މައުމޫން -
7. އިލިޔާސް ލަބީބް -
8. މުހައްމަދު ނާޒިމް -
# ބަތިލް ވޯޓް : 12 ވޯޓް.
*ބައެއް ކެނޑިޑޭޓުންގެ ނަތީޖާ ނުހިމަނަ އެވަނީ ވޯޓް ގުނަމުންދާތީ.
09 Sep 2023, 19:10
- މުހައްމަދު ނާޒިމް (- ވޯޓް)
09 Sep 2023, 18:53
އިހަވަންދޫގެ 3 ނަންބަރު ވޯޓް ފޮށީގައި ބާތިލް ވޯޓް ކަނޑައެޅުމުގައި އުފެދުނު ހިޔާލު ތަފާތުވުމުގެ ސަބަބުން ވޯޓް ގުނުންވަނީ މެދުކެނޑިފައި.
09 Sep 2023, 17:53
އިހަވަންދޫގައި ބަހައްޓާފައިހުރި ހުރިހާ ވޯޓް ފޮށްޓެއްވެސް މިހާރުދަނީ ގުނަމުން. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭނެކަމަށް ބެލެވޭ.
09 Sep 2023, 17:14
އިހަވަންދޫގައި ބަހައްޓާފައިހުރި ވޯޓް ފޮށި ތަކުގެތެރެއިން ގުނަން ފަށާފައިވަނީ 1 ނަންބަރު ވޯޓް ފޮށި.

09 Sep 2023, 17:01
އިހަވަންދޫ 3 ނަންބަރު ވޯޓްފޮށިވެސް ބަންދު ކޮށްފި. އެފޮޓަށް ވޯޓް ލާފައިވަނީ 473 މީހުން މިއީ އެފޮށްޓަށް ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %89. އެފޮށްޓަށް ޖުމުލަ 534 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވޭ.

09 Sep 2023, 16:38
އިހަވަންދޫ 2 ނަންބަރު ވޯޓްފޮށިވެސް ބަންދު ކޮށްފި. އެފޮޓަށް ވޯޓް ލާފައިވަނީ 559 މީހުން މިއީ އެފޮށްޓަށް ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %90. އެފޮށްޓަށް ޖުމުލަ 619 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވޭ. 15:05 ގައި އެފޮށީގެ ވޯޓް ގުނަން ފަށާނެކަމަށްބެލެވޭ.

09 Sep 2023, 16:25
އިހަވަންދޫ 1 ނަންބަރު ވޯޓްފޮށި ބަންދު ކޮށްފި. އެފޮޓަށް ވޯޓް ލާފައިވަނީ 593 މީހުން މިއީ އެފޮށްޓަށް ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %89. އެފޮށްޓަށް ޖުމުލަ 664 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވޭ. 16:53 އެފޮށީގެ ވޯޓް ގުނަން ފަށާނެކަމަށްބެލެވޭ.
09 Sep 2023, 16:02
އިހަވަންދޫގައި ބަހައްޓާފައިހުރި 3 ވޯޓް ފޮށީގެވެސް ކިއު ބަންދުކޮށްފިއެވެ. ނަމަވެސް ވޯޓް ފޮށި ބަންދުކުރާނީ ކިއުގައި ޖެހިގެންތިބި ހުރިހާ ފަރާތްތައް ވޯޓްލާ ނިމުމުންނެވެ. 3 ފޮށްޓަށްވެސް ވޯޓްލާން ގިނަބަޔަކު ކިޔުގައި ޖެހިފާ އެބަތިއްބެވެ.

09 Sep 2023, 15:59


09 Sep 2023, 15:53
ވޯޓްލާ މަރުކަޒުގައި ހަރަކާތްތެރިވާ އަޅުގަނޑުމެންގެ ރިޕޯޓަރު މައުލޫމާތު ދޭގޮތުގައި، ވިވަގުތު ވޯޓްލާ 3 ފޮށީގެވެސް ކިއުވަނީ ވަރަށް ދިގުވެފައި، ހެނދުނު އަދި މެންދުރު ވަގުތު ގިނަ ފޮށިތަކުގެ ކިއު އޮތީ ހުހަށް. މިއަދުގެ ވޯޓް ލުމާއި ގުޅިގެން އިހަވަންދޫގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއްނުވޭ.
09 Sep 2023, 15:43
15:35 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިހުރި 3 ފޮށްޓަށް ވޯޓް ލާފައިވަނީ 1389 މީހުން އެއީ ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %76 މީހުންނެވެ. އިހަވަންދޫ ސްކޫލްގެ ފިޒިކްސް ލެބްގައި ބަހައްޓާ އިހަވަންދޫ 1 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލުމުގެ ހައްޤު އޮތީ: 664 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓްލީ 531 މީހުންނެވެ. އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލު ގައި ހުރި އިހަވަންދޫ 2 ނަންބަރު ވޯޓްފޮށްޓަށް ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ 619 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓް ލާފައިވަނީ 480 މީހުންނެވެ. އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައި ހުރި އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ 534 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓްލީ 378 މީހުންނެވެ.

09 Sep 2023, 13:22
13:15 އާއި ހަމަޔަށް އިހަވަންދޫގައި ބަހައްޓާފައިހުރި 3 ފޮށްޓަށް ވޯޓް ލާފައިވަނީ ވޯޓްލުމުގެ ހައްޤު ލިބިގެންވާ މީހުންގެ %34 މީހުންނެވެ. އިހަވަންދޫ ސްކޫލްގެ ފިޒިކްސް ލެބްގައި ބަހައްޓާ އިހަވަންދޫ 1 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލުމުގެ ހައްޤު އޮތީ: 664 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓްލީ 361 މީހުންނެވެ. އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލު ގައި ހުރި އިހަވަންދޫ 2 ނަންބަރު ވޯޓްފޮށްޓަށް ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ 619 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓް ލާފައިވަނީ 323 މީހުންނެވެ. އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައި ހުރި އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ 534 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓްލީ 246 މީހުންނެވެ.

09 Sep 2023, 12:57
އިހަވަންދޫގައި ވޯޓްލާ މަރުކަޒުތަކަށް އިންޓަނޭޝަނަލް އޮބްޒާވަރުން ޒިޔާރަތްކޮށް ވޯޓްލުމުގެ ކަންކަން ކުރިޔަށްދާގޮތް އޮބްޒާވް ކޮށްފިއެވެ.

09 Sep 2023, 12:04
އިހަވަންދޫ ސްކޫލްގެ ފިޒިކްސް ލެބްގައި ބަހައްޓާ އިހަވަންދޫ 1 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލުމުގެ ހައްޤު އޮތީ: 664 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓްލީ 281 މީހުންނެވެ. އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލު ގައި ހުރި އިހަވަންދޫ 2 ނަންބަރު ވޯޓްފޮށްޓަށް ވޯޓްލުމުގެ ހައްޤު ލިބިގެންވަނީ 619 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓް ލާފައިވަނީ 238 މީހުންނެވެ. އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައި ހުރި އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ 534 މީހުންނަށެވެ. އޭގެތެރެއިން މިހާތަނަށް ވޯޓްލީ 176 މީހުންނެވެ.
09 Sep 2023, 11:35
މި އިންތިހާބުގައި އިހަވަންދޫގެ 2403 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރެއިން އިހަވަންދޫގައި ބެހެއްޓާ 3 ވޯޓު ފޮއްޓަށް ޖުމުލަ 1,817 މީހުން ވަނީ ރެޖިސްޓުރީ ކޮށްފައެވެ. އިހަވަންދޫ ސްކޫލްގެ ފިޒިކްސް ލެބްގައި ހުރި އިހަވަންދޫ 1 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ އިހަވަންދޫ ނޫރާނީމަގުގެ އުތުރު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނަށެވެ. އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލު ގައި ހުރި އިހަވަންދޫ 2 ނަންބަރު ވޯޓްފޮށްޓަށް ވޯޓްލެވޭނީ އިހަވަންދޫ ޗާންދަނީމަގު އިރުން ސަބުދެލިމަގުގެ އުތުރުން ހުސެއިނީގޯޅީގެ އިރުން ސޯސަންމަގުގެ އުތުރުން އޯކިޑުމަގުގެ އިރުން ނޫރާނީ މަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނަށެވެ. އިހަވަންދޫ ސްކޫލްގެ ވަގުތީ ހޯލްގައި ހުރި އިހަވަންދޫ 3 ނަންބަރު ވޯޓް ފޮށްޓަށް ވޯޓްލެވޭނީ، އިހަވަންދޫ ޗާންދަނީމަގުގެ ހުޅަނގުން ސަބުދެލިމަގުގެ ދެކުނުން، ހުސެއިނީގޯޅީގެ ހުޅަނގުން، ސޯސަންމަގުގެ ދެކުނުން، އޯކިޑުމަގުގެ ހުޅަނގުން ނޫރާނީމަގުގެ ދެކުނު ސަރަހައްދުގައިވާ ގޭގޭގެ ރަޖިސްޓްރީވެފައިވާ ރައްޔިތުންނަށެވެ.



