ޚަބަރު

ދިގުފަރު ހިއްކާ އިހަވަންދޫއާ ގުޅާލާނަން: މުއިއްޒު

ދިގުފަރު ހިއްކައި އިހަވަންދުއާ ގުޅާލައި ސިނާއީ މަސައްކަތް ކުރެވޭ ގޮތް ހަދައިދޭނެ ކަމަށް، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ. މުއިއްޒު މިހެން ވިދާޅުވީ، އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ އުތުރަށް ފައްޓަވާފައިވާ ދަތުރުގައި، އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ މީހުން ދިރިއުޅޭ ހިސާބުގައި ދޯނި ފައިބަރު މަސައްކަތް ކުރުމަކީ ސިއްހަތަށް ގެއްލުން ލިބޭ ކަމެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް ހިނގައިގެންވާނެ ކަމެއް ނޫންކަމުގައެވެ.  އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެކަން ބަދަލުކުރަން ޖެހުނަސް އެކަމުގެ ހައްލު ގެންނާނެ ބިމެއް ނެތްކަން އޭނާ ފާހަގަކުރައްވައި ވިދާޅުވީ ބިމުގެ މައްސަލަ ހައްލުކުރުމަށް ދިގުފަރު ހިއްކައި އިހަވަންދޫއާ ގުޅާލައި ސިނާއީ މަސައްކަތަށް ހާއްސަކޮށްދެއްވާނެކަމުގައެވެ. މުއިޒް އިހަވަންދޫއަށް ހައްސަކޮށް ވެލެއްވި ވައުދުތައް
  • - ދިގުފަރު ހިއްކާ އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަކޮށް އިހަވަންދޫއާ ގުޅާލާނަން
  • - ކޯލްޑް ސްޓޯރޭޖާއެކު ފިސްކަލެކްޝަން ސެންޓަރެއް ޤާއިމްކުރުން
  • - އައު އައިސްޕްލާންޓެއް ބަހައްޓާ ތެޔޮލިބޭނެ މަގެއް ހަމަޖެއްސުން
  • - ހޮސްޕިޓަލެއްގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ އަހަރު ފެށުން
  • - އިހަވަންދޫގެ މަގުތައް ހަދައިދިނުން
  • - ކުނިމެނޭޖްކުރުމުގެ ރަނގަޅު ނިޒާމެއް ޤާއިމްކޮށްދިނުން
  • - އިހަވަންދޫގައި މަލްޓި ސްޕޯސްޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުން
މުޙައްމަދު އަކުރަމް