ރިޕޯޓް ރިޔާސީ ކެންޑިޑޭޓުން އިހަވަންދޫއަށް ހާއްސަކޮށް ވެފައިވަނީ ކޮންވައުދުތަކެއް؟ މުޙައްމަދު އަކުރަމް 8 - ސެޕްޓެމްބަރު - 2023 ރިޔާސީ އިންތިހާބުގު ވޯޓްލުން މާދަމާ އޮންނާނެއެވެ. މިފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާއިރު، އޭގެތެރެއިން ކެމްޕެއިންކުރުމަށް އިހަވަންދޫއަށް ވަޑައިގެންފައިވަނީ 5 ބޭފުޅެކެވެ. އެއީ އެމްއެންޕީ ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ދަޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލިޔާސް ލަބީބް އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއެވެ. އިހަވަންދޫއަށް ވަޑައިގަތް 4 ބޭފުޅުންގެ ތެރެއިން އިހަވަންދޫއަށް ހާއްސަކޮށް ރިޔާސީ ވައުދުތަކެއް ވެފައިވަނީ 3 ކެނޑިޑޭޓެކެވެ. އެއީ މުހައްމަދު ނާޒިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޑރ. މުހައްމަދު މުއިއްޒުއެވެ. ޕާޓީތަކާއި ކެންޑިޑޭޓުންގެ މެނިފެސްޓޯގެ އިތުރުން ރިޔާސީ ކެންޑިޑޭޓުން ރަށްރަށް ކޮށްދޭން ވައުދުވާ ކަންކަމަކީ ރައްޔިތުން އެންމެ ޝައުގުވެރިވާ ކަމޭ ބުނެވިދާނެއެވެ. އެގޮތުން އިހަވަންދޫއަށް ހާއްސަކޮށް ވައުދުތަކެއްވެފައިވާ 3 ކެނޑިޑޭތުންގެ ވައުދުތަކުގެ އަގު އެތައް މިލިއަން ރުފިޔާއަކަށް އަރާނެކަން ޔަޤީނެވެ. #ޕީޕީއެމް #އެމްޑީޕީ #ރިޔާސީ އިންތިޚާބު މުޙައްމަދު އަކުރަމް Related ރަމްޟާން މަސް ނިމުމާއެކު ކެމްޕެއިންގެ ހަރަކާތްތައް އިތުރުކޮށްފި 09 Aug 2013 އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ! 12 Dec 2025 އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ! 07 Dec 2025 އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި 17 Feb 2024