އިހަވަންދޫ ދާއިރާ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފޮށި ބަދަލުކޮށްފި
މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން ހއ. އިހަވަންދޫ، ހއ. މާރަންދޫ އަދި ހއ. މޮޅަދޫ ރައްޔިތުން ވޯޓުލާން އިއުލާންކުރި AT.2.1 (ހއ. އަތޮޅު، މާލެ-3) ނަންބަރު ވޯޓުފޮށި އުވާލައި، މިފޮށްޓަށް ރަޖިސްޓަރީވެފައިވާ މީހުން ހއ. ތުރާކުނު އަދި އުލިގަން ރައްޔިތުން ވޯޓުލުމަށް އިއުލާންކުރި AT.1.2 (ހއ. އަތޮޅު، މާލެ-2) ފޮށްޓަށް ވޯޓުލާގޮތަށް ހަމަޖައްސައިފިއެވެ.
ރީ-ރަޖިސްޓްރޭޝަނަށްފަހު ވޯޓުފޮށިތަކަށް ގެނެވިފައިވާ ބަދަލުތައް އިލެކްޝަންސް ކޮމިޝަނުން މިރޭވަނީ އިއުލާންކޮށްފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހުކަމަށް ބުނެފައިވެއެވެ. އެހެންކަމުން، މި ދެފޮށި އެއްކޮށްލާފައިވަނީ ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންގ އަށްވުރެ ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރި މީހުން މަދުވީމަކަމަށް ބެލެވެއެވެ.
ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލުގެ ކްލާސް ރޫމް A1 ގައެވެ. މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ހއ. ތުރާކުނު، ހއ. އުލިގަން، ހއ. އިހަވަންދޫ، ހއ. މާރަންދޫ، ހއ. މޮޅަދޫ، މި 5 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.
ރީ-ރަޖިސްޓަރީ ކޮށްފައިވާ އަދަދަށް ބެލުމަށްފަހު، އެކި ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ 40 ވޯޓު ފޮށްޓަށް ކޮމިޝަނުން ބަދަލު ގެނެސްފައިވެއެވެ. އަދި ރީ-ރަޖިސްޓަރީކޮށްފައިވާ މީހުން ގިނަވުމުގެ ސަބަބުން، އިތުރު 7 ވޯޓުފޮށި ބެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ރިޔާސީ އިންތިޚާބެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ދާއިރާގެ 22 ގޮނޑިން އެމްޑީޕީއަށް 15، މިނިވަން ކެނޑިޑޭޓުންނަށް 6، ޕީއެންސީއަށް އެންމެ ގޮނޑިއެއް!
6 - އޭޕްރީލް - 2026
ޕީއެންސީގެ ޖަލްސާއަށް އިހަވަންދޫ ދާއިރާއިން ގިނަ ބަޔަކު މާލެއަށް!
14 - ނޮވެމްބަރު - 2025
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސްކަމުގެ މަޤާމަށް މިސްބާހް
26 - ސެޕްޓެމްބަރު - 2021
ރިޔާސީ އިންތިހާބުގައި ހއ.އަތޮޅުގައި ބަހައްޓާނީ 24 ވޯޓްފޮށި، އިހަވަންދޫގައި 3 ފޮށި
10 - ޖުލައި - 2023
އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު
30 - ޑިސެމްބަރު - 2022
"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ
7 - ޑިސެމްބަރު - 2022
ފިއްލަދޫއާއި މުރާދޫ ފިޔަވައި ހއ. އަތޮޅުގެ ރަށްތަކުން ރައްޔިތުންގެ ބައްދަލުވުން ބާއްވާފައިވޭ
24 - މާރިޗު - 2021
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް