Mon, 12 Oct 2026, 03:17 AM

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން

ކުރިޔަށްދަނީ
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން
އެވޯރޑްކުރި ތާރީހު
2 - އޭޕްރީލް - 2023
ސުންގަޑި
24 - ސެޕްޓެމްބަރު - 2024
ޕްރޮޖެކްޓްގެ އަގު
102.84 މިލިއަން ރުފިޔާ
ފުރިހަމަވި މިންވަރު
20%
ކޮންޓްރެކްޓަރ
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)
ބާކީ އޮތީ
00ދުވަސް
00ގަޑިއިރު
00މިނިޓް
00ސިކުންތު

ތާރުު އެޅި ޒަމާނީ މަގުތަކެއް އިހަވަންދޫއަށް ލިބޭނެކަމުުގެ އުއްމީދުގައި އިހަވަންދޫގެ ރައްޔިތުން ތިބޭތާ އެތައްދުވަހެއްވެއްޖެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު، ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއި މިމަސައްކަތް ހަވާލުކުރިނަމަވެސް ރައްޔިތުން އެދޭ ސްޕީޑާއި ގާތައްވެސް އެމަޝްރޫގެ މަސައްކަތެއް ނުހިނގައެވެ. 

ކުރިޔަށްދަނީ

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުން

20%
ފުރިހަމަވި މިންވަރު
އިތުރަށް ހިނގާފައިވާ މުއްދަތު
748 ދުވަސް
ޕްރޮޖެކްޓްގެ އަގު
102.84 މިލިއަން ރުފިޔާ
އެވޯރޑްކުރި ތާރީހު
2 - އޭޕްރީލް - 2023
ކޮންޓްރެކްޓަރ
ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)

މަޝްރޫޢުގެ ޓައިމްލައިން

6 12 - ފެބްރުއަރީ - 2024

މަގުހެދުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު މެންދުރު އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ކުރިމަތިން އަތިރިމަތީގައެވެ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ  އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެމަސްރޫއަކީ މިއަދިޔަ އަހަރު ސޮއެކޮށްފައިވާ މަޝްރޫއެއްކަމަށާއި އާރުޑީސީއާ ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް 7 ކިލޯމީޓަރުގެ ދިގުމިނަށް 15 މަގެއް ހެދުމުގެ މަސައްކަތް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި އިހަވަންދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ 2 ވަނަ ފިޔަވަހި ހިމަނައި ދެންހުރި މަގުތައްވެސް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު މުއްޠަލިބް ދެއްވިއެވެ. މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ ވަޒީރުގެ އިތުރުން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އަލީ ބައިވެރިވެވަޑައިގެންނެވިއެވެ. 

5 29 - ޖެނުއަރީ - 2024

މަގު ހެދުމުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ވެހިކަލް އިހަވަންދޫއަށް ގެނައުން

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށްހަދައި ތާރުއެޅުމުގެ މަސައްކަތްފަށައިގަތުމަށް ބޭނުންވާ ވެހިކަލް އިހަވަންދޫއަށް ގެނެސްފިއެވެ. މިތަކެތިހިފައިގެން ދަތުރުކުރި އުޅަނދު އިހަވަންދޫއަށް ބަނދަރުކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭބީސީ ފަށަލަ އެޅުމުގެ ކުރިޔަށް ބޭނުންޖެހޭނެ ހުރިހާ ވަސީލަތެއް މިއަދުގެނަ ސާމާނާއިއެކު މިހާރުވަނީ ހަމަވެފައެވެ.

4 13 - އޭޕްރީލް - 2023

އާރުޑީސީ އިހަވަންދޫ ސައިޓަށް 21 މުވައްޒަފުން ހޯދަނީ

އިހަވަންދޫގެ މަގުތައްހަދައި ތާރުއެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އިހަވަންދޫ ޕްރޮޖެކްޓް ސައިޓަށް މުވައްޒަފުން ހޯދަން އިޢުލާންކޮށްފިއެވެ. އެގޮތުން އެކުންފުންނިން މިއަދުވަނީ އިހަވަންދޫ ޕްރޮޖެކްޓް ސައިޓްގެ މަސައްކަތަށް ބޭނުންވާ 21 ސްޓަރފަކު ހޯދަން އިއުލާންކޮށްފައެވެ. އާރުޑީސީއިން ހޯދަން ބޭނުންވާ ކަމަށް އިއުލާންކޮށްފައިވަނީ 1 ސްޕަވައިޒަރު، 1 ޕްރޮޖެކްޓް އެސިސްޓެންޓް، 1 މޭސަން، 1 ހެވީ ވެހިކަލް އޮޕަރޭޓާރ، 1 އިލެކްޓްރީޝަން، 1 އެސިސްޓެންޓް ވެލްޑަރ، 1 އެސިސްޓެންޓް ކާޕެންޓަރ، 4 ސެކިއުރިޓީ ގާޑް އަދި 10 ސަޕޯޓް ސްޓަރފުންނެވެ. 

3 2 - އޭޕްރީލް - 2023

އިހަވަންދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުން

 އިހަވަންދޫގެ މަގުތައްހަދައި ތާރުއެޅުމުގެ މަސައްކަތް 102،846،733.89 މިލިއަން ރުފިޔާއަށް، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިއަދު އެކަމަށް ހާއްސަކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފަރާސްޓްރަކްޗަރ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިމަސްރޫއުގެ ދަށުން 7 ކިލޯ މީޓަރުގެ މަގު ހަދައި ތާރު އަޅަން ހަމަޖެހިފައިވާއިރު މިމަޝްރޫއުގެ ދަށުން 15 މަގެއް ހަދާނެކަމަށް މައުލޫމާތު ލިބެއެވެ. މިމަޝްރޫއު އާރުޑީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ ގޮތަށެވެ. އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

2 8 - އޭޕްރީލް - 2022

އިހަވަންދޫގެ މަގުހަދަން އަދި ބަޔަކާ ހަވާލެއްނުކުރޭ

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާނަމަވެސް އަދި އެމަސައްކަތް އެއްވެސް ކުންފުންޏަކާ ހަވާލުކޮށްފައި ނުވާކަމަށް މިނިސްޓަރ ފޯރ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފަރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އިހަވަންދޫގެ މަގުހެދުން ހިމަނާފައިވާނަމަވެސް އަދި އެއްވެސް ކުންފުންޏަކާ އެމަސައްކަތް ހަވާލުނުކުރާ ކަމަށާއި އެކަން އޮތީ ޓެންޑަރިންގ މަރުހަލާގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަގުހެދުމުގެ މަސައްކަތް އޮތީ ޓެންޑަރ މަރުހަލާއޭ ދެންނެވިއަސް އެފަދަ މަސައްކަތް އެވޯޑްކުރަނީ ޑައިރެކްޓްކޮށް ސަރުކާރުގެ މަގުހަދާ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ ނޫނީ ރޯޑް ކޯޕަރޭޝަނާއި ކަމަށެވެ.

1 28 - ނޮވެމްބަރު - 2021

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބަޖެޓްގައި ހިމަނައިފި

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް 10.5 މިލިއަން ރުފިޔާ، 2022 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ. އަލަށްފަށާ މަސްރޫއުއެއް ގޮތުގައި ހިމަނާފައިވާ، މިމަސްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުންނެވެ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވެލައްވާފައިވާ ގިނަ ވަޢުދުތަކުގެ ތެރެއިން ވަޢުދެއްކަން ފާހަގަކުރެވެއެވެ. 

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިހަވަންދޫ މަގުހެދުން
މަޝްރޫޢު ޓްރެކަރ