ޚަބަރު

އިހަވަންދޫ މަގުހެދުން 102.8 މިލިއަން ރުފިޔާއަށް އާރުޑީސީއާ ހަވާލުކޮށްފި

ހއ. އިހަވަންދޫގެ މަގުތައްހަދައި ތާރުއެޅުމުގެ މަސައްކަތް 102،846،733.89 މިލިއަން ރުފިޔާއަށް، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިއަދު އެކަމަށް ހާއްސަކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފަރާސްޓްރަކްޗަރ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިމަސްރޫއުގެ ދަށުން 7 ކިލޯ މީޓަރުގެ މަގު ހަދައި ތާރު އަޅަން ހަމަޖެހިފައިވާއިރު މިމަޝްރޫއުގެ ދަށުން 15 މަގެއް ހަދާނެކަމަށް މައުލޫމާތު ލިބެއެވެ. މިމަޝްރޫއު އާރުޑީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދާ ގޮތަށެވެ. އިހަވަންދޫގެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މުޙައްމަދު އަކުރަމް